ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާވައިރަސް ޖެހިގެން މީހަކު ނުގެނޭ – ހުޅުމާލޭ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލް --- ފޮޓޯ: ފްލިކާރ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާވައިރަސް ޖެހިގެން އެއްވެސް މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައި ނުވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފިއެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ރޭ 10:30 ހާއިރު ގެންގޮސް އެނދުމަތި ކުރެވިފައިވާ ކަމަށް ބުނެ ދައުރުކުރަމުންދާ މެސެޖުގެ ސައްހަކަން ކަށަވަރުކުރުމަށް ”ސަންގު ޓީވީ“އިން ހުޅުމާލޭ ހޮސްޕިޓަލުގެ އޮފިޝަލަކަށް ގުޅާލުމުން ވިދާޅުވީ، އެއީ އެއް ވެސް ހަގީގަތެއް ނެތް މެސެޖެއް ކަމަށެވެ.

”ނޫން ދޮގު މައުލޫމާތެއް، އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫން، އަޅުގަނޑުމެންނާ ހަމައަކަށް ނާދޭ އަދި ތި ކަހަލަ ކޭސް އެއް“ އޮފިޝަލް ވިދާޅުވިއެވެ.

ދައުރުވަމުންދާ މެސުޖުގައި ބުނަނީ، ކޮރޯނާވައިރަސް އަށް ޝައްކުކުރެވިގެން ހޮސްޕިޓަލުގެ ގުރައުންޑް ފްލޯ، އައިސޯލޭޝަން ރޫމް 5 ގައި ޗައިނާ އަންހެނަކަށް ރޭ ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލް އޮތީ އެލާޓުގައި ކަމަށް ވެސް ބުނެއެވެ. ނަމަވެސް، ހުޅުމާލޭ ހޮސްޕިޓަލުން އެކަން ދޮގުކުރެއެވެ.

ނުރައްކާތެރި ކޮރޯނާވައިރަސް ޗައިނާގައި ބާރު ސްޕީޑުގައި ފެތުރެމުން ދާއިރު، އާންމުންގެ މެދުގައި، ނުތަނަވަސްކަން އުފެދޭނެ މިފަދަ ދޮގު މައުލޫމާތު މީސްމީޑިއާ ނުވަތަ އެ ނޫންވެސް މަންސައެއްގައި ދައުރުނުކުރުމަކީ ސަމާލުކަންދިނުން މުހިންމު ކަމަކެވެ.

ކޮރޯނާވައިރަސް އަކީ ކޮބާ؟

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުންނަމަ، ކޮރޯނާވައިރަސްތަކަކީ އާދައިގެ ރޯގާ އިން ފެށިގެން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފަދަ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ.

އެ ވައިރަސް އިންސާނުންނަށް ޖެހޭނީ ޖަނަވާރުންގެ ފަރާތުންނެވެ. ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ސާސް ވައިރަސް އިންސާނުން ޖެހުނީ ބުޅަލުންކަމަށްވާއިރު، މާސް ވައިރަސް ފެތުރުނީ ޖަމަލުންނެވެ. އަދި އިންސާނުންގެ ހަށިގަނޑުން ނުފެންނަ އެ ޒާތުގެ ކިތަންމެ ވައިރަސްތަކެއް ޖަނަވާރުންގެ ހަށިގަނޑުގައި އުޅޭކަމަށް ވަނީ ހޯދިފަ އެވެ.

އަދި މިފަހަރު ޗައިނާއިން ފެނުނު 2019-އެންސީއޯވީގެ ނަމުން ނަންދީފައިވާ ވައިރަސްއަކީ މީގެ ކުރިން އިންސާނެއްގެ ހަށިގަނޑުން ފެނިފައިވާ ނުވާ ވައިރަސްއެއްކަމަށްވެސް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. އަދި މި ވައިރަސްއާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ހޯދިފައިނުވި ނަމަވެސް، އެ ވައިރަސްއަކީ ގައިން ގަޔަށް އަރާ ވައިރަސްއެއްކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: