ނިމިދިޔަ އިންތިހާބުތަކުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބާއްވާ ޖަލްސާއަށް ނުދާން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
އެމްޑީޕީން މިރޭ ބާއްވަނީ، ކައުންސިލް އިންތިޚާބުގައި ޕާޓީއަށް ލިބުނު ކާމިޔާބު ފާހަގަކުރުމުގެ ޖަލްސާއެކެވެ. މި ޖަލްސާގައި ޕާޓީގެ އިސް ލީޑަރުން ވާހަކަދެއްކުމަށް ހަމަޖެހިފައިވީ ނަމަވެސް، ކެމްޕެއިނުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ޕާޓީގެ ކުރީގެ ރައީސް، ރައީސް ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދޭކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ނަޝީދަކީ އެމްޑީޕީ ހިންގުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
އެނގިފައިވާ ގޮތުން މިރޭގެ ޖަލްސާގެ އެޖެންޑާގައި ކުރިން އޮތް ގޮތުން، ރައީސް ނަޝީދު ވާހަކަ ދައްކަވަން އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް ކުއްލި ގޮތަކަށް އެޖެންޑާއަށް ބަދަލުގެނައިއިރު، މިރޭ ދެން ވާހަކަ ދައްކަވާނީ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ.

