ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް މިފްކޯއިން ނިންމައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލަށް ރިޢާޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް އެ ކުންފުނިން ނިންމައިފިއެވެ. މި ނިންމުމަކީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެކުންފުނިން ހާމަކުރާގޮތުގައި ރައްޔިތުންގެ ދިރިއުޅުމުގެ އަގުތަކަށް ރިޢާޔަތްކޮށް، މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެއެވެ. މިއީ މިއަދު އަގަށް ގެނައި ބަދަލު އުވާލައި، ކުރީގެ އަގުތަކަށް އަލުން ރުޖޫޢަވުމަށް ނިންމި ނިންމުމެކެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ކަންކަން ބައްޓަންކުރުމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: