ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާވައިރަސް: ނުރައްކާ ބޮޑުވެއްޖެ ހާލަތެއްގައި މީހުން ކަރަންޓީން ކުރާނީ ފުނަދޫގައި!

ހުޅުމާލޭގެ ޕްރީ ސްކޫލްގައި މިހާރު ގާއިމް ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ، ހެލްތު މިނިސްޓަރު އަމީން މިއަދު ބައްލަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮރޯނާވައިރަސްގެ ނުރައްކާތެރި ބޮޑުވެއްޖެ ނަމަ، މީހުން ކަރަންޓީން ކުރާ ތަނެއްގެ ގޮތުގައި، މާލެ ކައިރީގައި އޮންނަ ފުނަދޫ ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އިތުރުން، އެ ވައިރަސް އެކި ގައުމުތަކަށް ފެތުރެން ފެށުމާ އެކު، ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް މައި ދޮރޯށި ވީއައިއޭގައި ވަނީ ފަށައިފަ އެވެ. އަދި އެ ވައިރަސް ހުރި މީހަކު ފެނިއްޖެ ނަމަ، ކަރަންޓީން ކުރުމަށްޓަކައި ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ވަނީ ހަމަޖައްސައިފަ އެވެ.

ހެލްތް މިނިސްޓަރު އަމީން ރޭ ވިދާޅުވީ، އެ ވައިރަސް ރާއްޖެން އަދި ފެނިފައި ނުވާ ކަމަށެވެ. އަދި ވައިރަސް ފެނިއްޖެ ނަމަ ލަސްނުކޮށް އާންމުންނަށް އަންގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރޭ ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ހުޅުމާލޭ ޕްރީސްކޫލްގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ކޮރޯނާވައިރަސްގެ ނުރައްކާތެރި ކަން އިތުރަށް ބޮޑުވެއްޖެ ނަމަ، ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ވެސް ކަރަންޓީން ކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކަރަންޓީން ކުރާ ތަނާ ހަމައަށް މީހުން ގެންދިއުމުގެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

”ސަރުކާރުން މިހާރު ނިންމަވާފައި ވަނީ މާލެ ކުރިމަތީގައި މި އޮތް ފުނަދޫ އަކީ ވެސް މީތި [ކޮރޯނާވައިރަސް] ފުޅާވެއްޖެ ހިނދެއްގައި އައިސޮލޭޝަން ރަށެއްގެ ގޮތުގައި، އެ ރަށުގައި މިހާރު ހުރި ޖާގަ ބޭނުން ކުރެވޭ ގޮތަށް،“ އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލޭ ޕްރީ ސްކޫލަކީ އައިސޮލޭޝަން ފެސިލިޓީއެއް ކަމަށް ކަނޑައެޅީ، އެތަން އިމާރާތް ކޮށްފައިވާ ގޮތަށް ބެލުމަށް ފަހު، އެއީ އެންމެ އެކަށީގެންވާ ތަން ކަމަށް ނިންމުމުންނެވެ. އަދި އެފަދަ ނުރައްކާތެރި ބަލިތައް ޖެހޭ މީހުން ކަރަންޓީން ކުރެވޭނެ ދާއިމީ ތަނެއް ރާއްޖޭގައި މިހާރު ނެތުމުން އެފަދަ ތަނެއް ހެދުމަށް މިހާރު ވިސްނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: