ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީ ފެބުރުއަރީގައި! 

އެމްޑީޕީގެ ބޮޑު ޖަލްސާއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީ ފެބުރުއަރީ 7 ގައި ބާއްވާނެ ކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.

އެޕާޓީން އިއްޔެ ވަނީ ޕްރައިމަރީ އިއުލާން ކުރައްވައި ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައްވައިފައެވެ. ޕްރައިމަރީގައި ވާދަކުރަން ހުޅުވަލި ފުރުސަތުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 30 ގައެވެ. އަދި ކެންޑިޑޭޓުންގެ ލިސްޓު ފެބުރުއަރީ 1 ވަނަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ ވޯޓާސް ލިސްޓު އާންމުކުރައްވާނީ މިއަދު (27 ޖެނުއަރީ) ކަމަށެވެ.

ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އެމްޑީޕީން ގެންދަވަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން އިންތިޚާބަށް ކެންޑިޑޭޓުން ތައްޔާރު ކުރުމާއި ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން އެޕާޓީން ވަނީ މިމަހު 23 އިން 25 އަށް މުޅި ރާއްޖޭގައި ވޯކްޝޮޕްތަކެއް ބާއްވައިފައެވެ. މި ވޯކްޝޮޕްތައް ބޭއްވީ އެޖެންޑާ 19 ރަށަށް ގެ ނަމުގައެވެ. ލޯކަލްކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ހަމަޖައްސަވާފައިވަނީ ޖެނުއަރީ 31 އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: