ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރު އުމްރާއަށް ފުރައިވަޑައިގެންފި !

އަބްދުﷲ ޖާބިރު ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ފުރައިވަޑައިގެންފިއެވެ.

އެކަން ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ދިޔާނާ ސައީދު ކުރެއްވި ޓްވީޓަކުން ކަށަވަރުވެފައެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖާބިރުގެ އުމްރާއަކީ ﷲ ގެ ހަޟުރަތުގައި ގަބޫލު ކުރެއްވިގެންވާ އުމްރާއަކަށް ވުމަށް އެދި ދުޢާ ކުރައްވާ ކަމަށެވެ. އަދި ޖާބިރުގެ ދުޢާ އިޖާބަކުރައްވާ، ފާހަގަތިކަމާއި އުފާވެރިކަން ޖާބިރަށް މިންވަރު ކުރެއްވުން އެދި ދިޔާނާ ދުޢާ ކުރައްވާފައި ވެއެވެ.

 

https://twitter.com/dhiyanasaid/status/1221660001946615808?

ހެންވޭރު ތިމާވެށި، އަބްދު ﷲ ޖާބިރަކީ 19 ވަނަ މަޖިލީހުގައި އެންމެ މަގުބޫލް އެއް މެންބަރެވެ. އެންމެ ގިނަ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާ، އެންމެ ގިނައިން ބަހުސް ކުރައްވާފައިވާ މެންބަރަކީ ވެސް ޖާބިރެވެ. ޖާބިރު މަޖިލީހުގައި ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުގެ ސަބަބުން އާންމުންގެ މެދުގައި އޭނާ އަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. އެކަން މީސް މީޑިއާ އަށް ނަޒަރު ހިންގާލީމާ ޔަޤީންް ވާނެއެވެ.

އެނގިފައިވާ ގޮތުން، ޖާބރު އުމްރާއަށް ފުރާވަޑައިގަތީ މިއަދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: