މާލެސިޓީގައި ހުރި އަތޮޅު ފިހާރަތަކުގެ ތެރެއިން ބައެއް ފިހާރަތައް އަލުން ކުއްޔަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއުލާނުގައި ބުނެފައިވަނީ، މާލެ ސިޓީގައި ހުރި ނ. އަތޮޅު ފިހާރަ އިރުމަތީ ބައި ނުވަތަ ގަލޮޅު ބޯޅަ ދަނޑު 11 ނަމްބަރު ފިހާރައާއި ރެސެންޓް ހަތް ނަމްބަރު ފިހާރައާއި އަތޮޅު ފިހާރަ ދެކުނު ފެންޑާ ދެކުނުބައިގެ އިތުރުން ކްރެސެންޓް 14 ނަމްބަރު ފިހާރަ ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ފިހާރަތައް ކުއްޔަށް ދިނުމަށް އިއުލާން ކޮށްފައިވަނީ އެ ފިހާރަތައް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވެފައިވާތީ އެވެ. އަދި އެ ފިހާރަތައް ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމް ވިއްކާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ
ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުގައި އަތޮޅު ފިހާރަތަކުން ދައުލަތަށް ލިބޭ އާމްދަނީ ކައުންސިލް ތަކަށް ލިބިގެންދާނެއެވެ.

