ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 134 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފަ: ޖެންޑަރ މިނިސްޓްރީ

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިސެންބަރު 2019ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 283 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާއިރު އޭގެ ތެރެއިން 134 މައްސަލައަކީ ކިޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަތައް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ. 

ޖެންޑަރ މިނިސްޓްރީން އާންމުކުރި އެ މިނިސްޓްރީގެ މިދިޔަ މަހުގެ ތަފާސްހިސާތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 27 މައްސަލައެއް މިދިޔަ މަހު އެކަނި ވެސް ޖެންޑާ މިނިސްޓްރީއަށް ވަނީ ރިޕޯޓް ކޮށްފައެވެ. 

މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެކި ބާވަތުގެ 283 މައްސަލައެއް އެ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅިއިރު އޭގެ ތެރެއިން 134 މައްސަލައަކީ ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާކުރުމުގެ މައްސަލަ އެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 66 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ދެން އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަ ކަމަށާއި އެ ބާވަތުގެ 27 މައްސަލައެއް މިދިޔަ މަހު ހުށަހެޅި ކަމަށް ޖެންޑާ އިން ބުނެއެވެ.

އަދި ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 14 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 8 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުންކުރުމުގެ 4 މައްސަލަ ވެސް މިދިޔަ މަހު ހުށަހަޅާފައިވެއެވެ.

މީގެއިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 17 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ވެކްސިން ނުދިނުމުގެ 7 މައްސަލަ، ތަޢުލީމަށް ހުރަސް އެޅުމުގެ 6 މައްސަލަ، އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ 2 މައްސަލަ، ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލަ އަދި ގަދަކަމުން ނުވަތަ މަޖުބޫރުން ކައިވެނި ކުރުވުމުގެ 1 މައްސަލަ ހިމެނެއެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 30 މައްސަލައެއް ހުށަހެޅިއިރު އަނިޔާ ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތަކުގެ ގޮތުގައި 44 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: