ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ނޮވެލް ކޮރޯނާ ވައިރަސް“ގެ ނުރައްކަލުން ސަލާމަތް ވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

”ނޮވެލް ކޮރޯނާ ވައިރަސް“ގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަން ޖެހޭ ހުރިހައި ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. 

”ނޮވެލް ކޮރޯނާ ވައިރަސް“ގެ ނުރައްކަލުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ސާލިޙް ވިދާޅުވީ މިބަލީގެ ޚަބަރު ސަރުކާރަށް ލިބިވަޑައިގެންނެވި ހިސާބުން ފެށިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ފެއްޓެވިކަމަށާ، މިގޮތުން އެންމެ ފުރަތަމަ އެކުލަވާލެއްވީ ކަމާގުޅޭ ޚާއްޞަ ޓާސްކްފޯހެއް ކަމުގައި ވިދާޅުވިއެވެ. އަދި އެ ޓާސްކްފޯހުގެ މަސައްކަތްތައް ކަމާބެހޭ ދާއިރާތައް ގުޅިގެން ކުރިޔަށް އެބަދާކަމަށާއި ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުން އެބަގެންދަވާކަމުގައި ރައީސް ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ  ޖަލްސާގައި ޓާސްކްފޯހުގެ މަސައްކަތް ކުރިޔަށްދާގޮތުގެ އެންމެފަހުގެ މަޢުލޫމާތު، ކަމާބެހޭ ވަޒީރުން، މަޖިލީހާ ހިއްސާކުރެއްވިއެވެ. އަދި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ”ނޮވެލް ކޮރޯނާ ވައިރަސް“ގެ ނުރައްކަލުން ރައްކާތެރިވުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވައި، ވަޒީރުން ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ޗައިނާގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު ”ނޮވެލް ކޮރޯނާ ވައިރަސް“ ފެތުރެން ފެށުމާ ގުޅިގެން، މި ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާއިބެހޭ އިދާރާތަކުން އަޅުއްވާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ”ތަރމަލް ކެމެރާ“ ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން މެދުވެރިކޮށް ރާއްޖެއަށް އެތެރެވާ ހުރިހާ ފަސިންޖަރުން ސްކްރީންކުރުމާއި، މި ބައްޔަށް ޝައްކު ކުރެވޭ އަދި ބަލީގެ ޢަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުން ހިމެނެއެވެ.

މީގެ އިތުރުން، ޗައިނާއާއި މި ބަލީގެ އަސަރު ފެނިފައިވާ އެހެން ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ މަޢުލޫމާތު ސާފުކުރައްވާ، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: