ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގަށް ތޯރިގް ޕީއެންސީއަށް ވެއްދިކަމަށް ބުނާ މައްސަލައިގައި ހެކި ނެތުމުން، ފައިލްކޮށްފި

ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް)/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މިދިޔަ ސަރުކާރުގެ ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) އަށް ނޭނގި އޭނާ ޕީއެންސީގެ ދަފްތަރަށް ބަދަލުކުރިކަމަށް ބުނާ މައްސަލާގައި، ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ނެތްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމާ ގުޅިގެން އެ މައްސަލަ ފުލުހުން ފައިލްކޮށްފިއެވެ.

2005 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ދަފްތަރުގައި ވަނިކޮށް، އޮޅުވާލައިގެން ވަގަށް ޕީއެންސީއަށް ވައްދާފައިވާކަމަށް ބުނެ ތޯރިގްގެ ފަރާތުން މި މައްސަލަ ފުލުހަށް ހުށަހެޅީ 2024 ވަނަ އަހަރުގެ ފަހުކޮޅު އެވެ. މި މައްސަލަ ފުލުހަށް ހުށަހެޅީ ޒާތީ މައުލޫމާތު ބޭނުންކޮށްގެން، އޭނާއަށް ނޭނގި ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައިވާކަމަށް ބުނެ އެކަން ތަހުގީގު ކޮށްދިނުމަށް އެދި އެވެ.

މައްސަލަ ހުށަހެޅިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ފުލުހުން ތޯރިގަށް ފޮނުވި ޖަވާބުގައި ބުނީ، މި މައްސަލަ ޕީޖީ އޮފީހުން ދިރާސާކުރުމަށް ފަހު، ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، ޕީޖީ އޮފީހުން މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައި ވާތީ، ނާޅައި ފައިލްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ ފައިލް ކުރުމުން ތޯރިގް ވިދާޅުވީ ފޯމުގައި ހެކިންގެ ގޮތުގައި ސޮއިކުރި މީހުންނާއި، ފިންގަޕްރިންޓް ޖެހި ފަރާތްތަކަކީ ކޮބައިކަން އެނގެން އޮންނާނެ ކަމަށެވެ. އަދި ޕާޓީގެ ފަރާތުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރި މީހާއާއި، އިލެކްޝަންސް ކޮމިޝަނުން ދަފްތަރު ބަދަލުކުރި މުވައްޒަފަކީ ކާކުކަން އެނގެން އޮންނައިރު، ހެކި ނެތްކަމަށް ނިންމުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ސާފު ހެކި ފެންނާން މައްސަލައެއްގައި ފިޔަވަޅު ނޭޅޭ ނަމަ، އިލެކްޝަންސް ކޮމިޝަނާއި ކަމާބެހޭ މުއައްސަސާތަކަށް ރައްޔިތުން އިތުބާރެއް ނޯންނާނެކަމަށް ބުނެ، ތޯރިގް ވަނީ އީސީގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: