ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާއަށް ތައްޔާރުވުމަށް ޚާއްސަ ތަމްރީނެއް ކުރިއަށް ގެންގޮސްފި!

"ޓޭބަލް ޓޮޕް" --- ފޮޓޯ މިނިސްތްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްގެ ކޭސްއެއް ފެންނަ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން އެއަރޕޯޓުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ”ޓޭބަލް ޓޮޕް“ގެ ނަމުގައި ތަމްރިނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ރާއްޖޭގެ ޕޯޓަކުން ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެންނަ ހާލަތުގައި އަމަލުކުރާނެ ގޮތާއި ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް އެފަދަ ޙާލަތެއްގައި މަސައްކަތްކުރުމަށް ކަމާ ގުޅުންހުރި ފަރާތްތައް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ތަމްރީނެކެވެ.

އެއްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މިޙަރަކާތުގެ ތެރެއިން މިފަދަ ޙާލަތެއްގައި ވައިރަސްއަށް ޝައްކުކުރެވޭ މީހާ ފެނުމާއެކު ދެން ކަންތައް ކުރާނެ ގޮތް ވަނީ ބުނެދީފައެވެ.

މިޙަރަކާތް ފައްޓަވާ ދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެ ފަދަ ނާޒުކު ގައުމަކަށް މިފަދަ ވައިރަސްގެ ސަބަބުން ހުރި ގޮންޖެހުންތައް ބޮޑުކަމަށެވެ. އަދި މިކަމުން ސަލާމަތްވުމަށް ވެވޭ ތައްޔާރީއަކީ ހަމައެކަނި އޮތް ސްޓްރެންތްކަމަށެވެ. އަދި ރަނގަޅަށް ތައްޔާރުވެވިއްޖެނަމަ މިކަމަށް ތައްޔާރު ވެވިއްޖެނަމަ މިކަމުގެ ނުރައްކަލުން ސަލާމަތްވުމަށް އޮތް ފުރުސަތުވެސް ބޮޑުކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މިޙަރަކާތުގައި ރާއްޖޭގެ ބަނދަރުތަކުގެ ފަރާތުންނާއި ކަމާ ގުޅޭ އެންމެހާ މުވައްސަސާތަތަކުންވަނީ ބައިވެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: