ޖުމްލަ 18 އަހަރު ވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެ ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށް ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަދި ސޯޝަލް އެކްޓިވިސްޓް އަހްމަދު ހިޝާން ވިދާޅުވެއްޖެއެވެ.
ހިޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 18 އަހަރުވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެގެން ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށާއި މިވަރުން ދެން ފުދޭ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ގައުމު ދޫކޮށްފައި ދާން ކަމަށްވެސް ހިޝާން ވިދާޅުވިއެވެ.
ހިޝާން މިހެން ވިދާޅުވިއިރު މި މަހުގެ 20 ވަނަ ދުވަހު މަގުމަތީގައި ހުއްޓާ، ބަޔަކު ވަނީ އޭނާ އަށް މަރުގެ އިންޒާރު ދީފައެވެ. އެއީ އޭނަ އަށް މަރުގެ އިންޒާރު ދިން 2 ވަނަ ފަހަރެވެ.
https://twitter.com/AhmedHishan/status/1222577681490829312?
”މި ގައުމުގައި ހައްގު ބަސް ބުނާ މީހުންނަކަށް ދިރިހުރުމުގެ ހައްގެއް ނެތް. އަހަރެން މިހާތަނަށް ކުރި މަސައްކަތުގައި އެހީތެރިވި ހުރިހާ ފަރާތްތަކަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެ ފަރާތްތަކުން ދިން ހިތްވަރާއި ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރީއްޔާ“ ހިޝާން ވިދާޅުވިއެވެ.
ހިޝާން ކުރެއްވި މި ޓްވީޓުގައި ވަނީ ރައީސް ޞާލިހު، ނައިބު ރައީސް ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ހިއުމައިން ރައިޓްސް ކޮމިޝަން ވެސް ޓެގް ކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނިކެމަތިންނަށް އެހީވެ އެކުދިންގެ ހައްޤުތަކަށް އެންމެ ބޮޑަށް އަޑު އުފުލާ ފަރާތަކީ ހިޝާން އެވެ. އެގޮތުން ހިޝާން އަށް ވަނީ އިޖުތީމާއީ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.


One Response
ހިޝާން ހަލާކުވެ އެދަނީ އޭނާ ގެނގުޅޭ ސިޔާޒް ކިޔާ ސޮރުގެ ހިމާޔަތުގަ އުޅެއުޅެ. އެސޮރަކީ އިންތިހާއަށް ދޮގުހަދާ ސޮރެއް. ހިޝާންގެ އެހީތެރިކަން ލިބެމުންދާ އެހެންކުދިންގެ ހައްގުތަކަށް ނުވިސްނާ ހަމައެކަނި ސިޔާޒުގެ މައްސަލައިގަ ލިބުނު އިންޒާރަކާހެދި ގައުމު ދޫކޮށް ދިޔުމަކީ ފިނޑި އަމަލެއް