ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގައި ޖެހުނު މައްސަލަތައް ހައްލުކުރުމަށް ފައްޔާޒް ކުރި މަސައްކަތަށް ރައީސް ނަޝީދުގެ ތައުރީފް!

ކުރީގެ ރައީސް މުހައްމަދު ނަޝީދާއސި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތައް ހައްލުކުރުމަށް ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރެއްވި މަސައްކަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފިއެވެ.

ރައީސް ނަޝީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލަތައް ހަމަޖެއްސުމަށް ފައްޔާޒް އިސްމާއިލް ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އިތުރަށް ރައީސް ޞާލިޙްއާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަށްވެސް މަރުހަބާ ދަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ތައްޔާރީތައް ކުރިޔަށް ދަނިކޮށް، އެމްޑީޕީގެ އެތެރޭގެ މައްސަލަތަކެއް ސޯޝަލް މީޑިއާއަށް ބޭރުވެގެން އައެވެ.އެމްޑީޕީގެ ތެރޭގައި އުފެދުނު އެންމެ ބޮޑު އެއް ބަހުސަކީ މި ކާމިޔާބީގެ ”ކްރެޑިޓް“ ހައްގުވަނީ ކޮން ބަޔަކަށްތޯ ކުރެވޭ ސުވާލެވެ.

ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މި އިންތިހާބަށް ކުރެއްވި މަސައްކަތް އާންމު މެންބަރުން ބަލައިގަންނަމުންދާތީ، އެކަން ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ހަޖަމްނުކުރެވޭ ކަމުގެ ތުހުމަތު ވެސް ވަނީ ފެންމަތިވެފައެވެ.

ދާދިފަހުން ޅ ހިންނަވަރުގައި އޮތް ޖަލްސާއެއްގައި ރައީސް ޞާލިޙް ވިދާޅުވީ  އެމްޑީޕީއަކީ ތަފާތު ފިކުރަށް އަދި ހިޔާލުތަކަށް ފުރުސަތު އޮތް ޕާޓީއެއް ކަމަށާއި އެކަން އެހެން އަބަދުވެސް އޮންނާނެ ކަމަށެވެ. ހިޔާލު ތަފާވުންތައް އެއްގަލަކަށް އަރުވާ އެއްބަސްު ކުރުވާ، ޕާޓީގެ މެމްބަރުން އެދޭ މިސްރާބަށް ދިޔުމުގައި އެމްޑީޕީން މީގެކުރިންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ހުރިހާ މަޝްވަރާއާއިއެކު މިހާހިސާބަށް އައިއިރު މިކަމަށް ހައްލެއް ލިބިފައިވާ ކަމަށެވެ. އާއްމު މެމްބަރުން އެދޭގޮތަށް މުޅި ލީޑަރޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ވަނީ ހޯދިފައިވާ ކަންވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: