ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީގެ އިންޒާރު: ވެކްސިން ދޭން ދެކޮޅު ހަދާ ބެލެނިވެރިނަށް ދައުވާ ކުރާނަން

ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިންނަށް ވެކްސިން ދިނުމާއި ދެކޮޅު ހަދާ ބެލެނިވެރިންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައިވަނީ އޭނާގެ ދަރިފުޅަށް ވެކްސިން ދިނުމަށްފަހު ދަރިންނަށް ވެކްސިން ދޭން ގޮވާލައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓުގައި ޝަމީމް ވިދާޅުވެފައިވަނީ ވެކްސިން ދިނުމަށް ދެކޮޅު ހެދި ބެލެނިވެރިންނަށް 22 ދުވަސް ފަހުން ދައުވާ ކުރަން ފައްޓަވާނެ ކަމަށެވެ. ޝަމީމްގެ ޓްވީޓުގައި އެގޮތަށް ވިދާޅުވެފައިވަނީ ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނަށް އިޝާރާތް ކުރައްވައެވެ.

”22 ދުވަސް ތެރޭގައި އަޅުގަނޑުގެމެން ދައުވާ އުފުލާނަން ދަރިންނަށް ވެކްސިން ދޭން ދެކޮޅު ހެދި ބެލެނިވެރިންނަށް“ ޝަމީމް ވިދާޅުވިއެވެ.https://twitter.com/HuShameem/status/1222464632989741058?s=20

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާނީ ފެބްރުއަރީ މަހުގެ 20 ދުވަހުއެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވައި، މަޖްލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ބަލިތަކުން ސަލާމަތްވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ވެކްސިން ޖެހުމަށް މައިންބަފައިން އުޒުރުވެރިވުމަކީ މައިންބަފައިންނަށް ލިބިފައިވާ ހައްގެއް ނޫން ކަމަށް ވެސް އެ ގާނޫނުގައި ބުނެފައި ވެއެވެ.

ވެކްސިން ދިނުމަށް އިންކާރު ކުރާ މީހުންގެ ދަރިންނަށް ވެސް ވެކްސިން ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުރިން ވަނީ ވިދާޅުވެފައިއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭން އަލުން ހިމަބިހި ފެނިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: