ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު 190 ވަރަކަށް ޖެޓު ރާއްޖެ ގެެނެވިއްޖެ: އަމީން

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ ތެރޭގައި 190 އެއްހާ ޕްރައިވެޓް ޖެޓު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ހާއްސަ ވަޒީރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އެއާޓްރަންސްޕޯޓް ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 626 އެއްހާ ފްލައިޓް ކެންސަލްވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް ބޮޑެތި އެއާލައިންތަކުގެ ޝެޑިއުލް އޮޕަރޭޝަންތައް ހުއްޓުމަކަށް އައުމަކީ ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އަމީން ފާހަގަކުރެއްވިއެވެ.

ވައިގެ މަގުން ގެންނަ ކާގޯ މެދުކެނޑިދާނެ ކަމުގެ ބިރު އޮތް ނަމަވެސް، އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެކަމަށް ހައްލުތަކެއް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރު ކެބިންގައި ކާގޯ ބަހައްޓައިގެން މުދާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިހާރު އަޕްޑޭޓަށް ބަލާއިރު ގަތަރު އެއާވޭސްގެ ވެސް އޮފަރޭޝަންތައް ފެށިއްޖެ. މިދަންނަވަނީ ކުރިން ހުރި ސްކޭލްގައި ފެށުން ވާހަކައެއް ނޫން. ކުރީގަ އެއީ ދުވާލަކު 3 ނޫނީ 4 ފުލައިޓް އޮޕަރޭޓް ކުރައްވާ އެއާލައިނެއް. މިހާރު 1 ފްލައިޓު ނޫނީ 2 ފްލައިޓު. އެހެންވީމާ ކުރިއެރުންތަކެއް އަޅުގަނޑުމެންނަށް އެކީގައި ކުރެވޭ މަސައްކަތުން އެބަހުރި،“

ރާއްޖެއަށް މުއްސަނދި ފަތުރުވެރިން ގެނައުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ، ޖެޓު ހޭންޑްލިންގގެ ދާއިރާއިން 125 އާއި 130 އިންސައްތައާ ދެމެދުގެ ކުރިއެރުމެއް ހޯދިފައިވާ ކަމަށެވެ. މާޗު މަހު ރާއްޖެއަށް އައީ 80 ޖެޓު ކަމަށްވާއިރު، މިދިޔަ މަހު އެ އަދަދު 190 އަށް އެރުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: