ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެއިން 17 އަހަރު ކުރިން ވަކިކުރި މީހަކަށް ވަޒީފާ އިއާދަކޮށް 7 އަހަރުގެ މުސާރަ ދޭން ހުކުމްކޮށްފި

ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ބޭއްވި ސިފައިންގެ ޕެރޭޑުގައި ބައިވެރިވި ބައެއް ސިފައިން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލައަކާ ގުޅިގެން ސަސްޕެންޑުކުރުމަށްފަހު، އެ ސަސްޕެންޝަން އުވާލިކަން އަންގާފައި ނުވަނިކޮށް ޑިއުޓީއަށް ނުނިކުތުމުން 2009 ވަނަ އަހަރު ސިފައިންގެ ވަޒީފާއިން ވަކިކުރި މީހެއްގެ މަގާމު އިއާދަކުރުމަށާއި، އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް އައީ މި މައްސަލަ ކުރިން ބެލުމަށްފަހު 2016 ވަނަ އަހަރު ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މައްސަލަ އަލުން ބަލަން އެންގުމާ ގުޅިގެންނެވެ.

ރ. ކަނދޮޅުދޫ، ކޮތަރިވިލާ މުހައްމަދު އިސްމާއީލް ސިފައިންގެ ލާންސް ކޯޕްރަލްގެ ވަޒީފާއިން ވަކިކުރީ، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ސައްހަ ނޫން ފައިސާ ގެންގުޅޭ ކަމަށް ކުރި ތުހުމަތަކާ ގުޅިގެން 2007 ވަނަ އަހަރު ފުލުހުން އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ. ނަމަވެސް، އޭނާ ބަންދުން ދޫކޮށްލުމުން ވެސް ވަޒީފާއަށް ނުނިކުމެ ހުރި ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ.

މި މައްސަލާގައި ޑިފެންސް މިނިސްޓްރީން ކޯޓުގައި ބުނެފައިވަނީ މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލުމަށްފަހު އެއްވެސް ސަބަބެއް ނާންގައި ދެ މަހާއި 20 ދުވަސް ވަންދެން ވަޒީފާއަށް ނުނިކުމެ ހުރި ކަމަށެވެ. އެހެންނަމަވެސް، މުހައްމަދު އިސްމާއީލްގެ ފަރާތުން ބުނެފައިވަނީ ބަންދުން ދޫކޮށްލުމުން އޭނާ އަލުން ޑިއުޓީއަށް ނިކުންނަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް މަޑުކުރީ ވެރިންގެ އެންގުމަކަށް ކަމަށެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުހައްމަދު އިސްމާއީލް ވަޒީފާއިން ވަކިކުރަން ނިންމި ނަމަވެސް، އެކަން އޭނާއަށް އަންގައި ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު ދީފައިވަނީ ހަތް އަހަރު ފަހުން، 9 ސެޕްޓެމްބަރު 2016 ގައެވެ. އެހެންކަމުން، ވަޒީފާއިން ވަކިކުރިކަން ނާންގައި ހޭދަވި މުއްދަތުގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން، އެ މުއްދަތުގައި އޭނާއަށް ގެއްލުނު ޕްރޮމޯޝަންގެ ފުރުސަތުތައް ވެސް ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގާޒީ އާދަމް ޒާލިފު ކުރެއްވި މި ހުކުމުގައި ބަޔާންކޮށްފައިވަނީ، މުހައްމަދު އިސްމާއީލް ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައިވާކަން ދައުލަތަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.  އެހެންކަމުން، އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: