ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރުގެ ވޯޓު މޮނިޓަރ ކުރުމަށް ފުރުސަތު ހުޅުވާލައިފި

ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒަރވްކޮށް މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް އޮންނާނެއެވެ. މި މުއްދަތުގެ ތެރޭގައި ޝަރުތުހަމަވާ ފަރާތްތަކުން އޮބްޒަރވަރުންނާއި މޮނިޓަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުށަހެޅޭނެއެވެ.

އިންތިޚާބުގެ އިތުރު ބުރުގައި އޮބްޒަރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. މިއީ މި މަސައްކަތް ވީހާވެސް އަވަހަށް އަދި ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އިންތިޒާމެކެވެ.

ނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ފުރަތަމަ ބުރުގައި އޮބްޒަރވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ކޮމިޝަނުން ފާސް ދޫކޮށްފައިވާ ފަރާތްތަކުން، މި ދެވަނަ ބުރުގައި ބައިވެރިވުމަށް އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

މި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، ވޯޓު ނަގާ ނިމުމަށްފަހު ޖެހިގެން އަންނަ ދުވަހު އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: