ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނޫސްވެރިންނާއި ބައްދަލުކުރެއްވުން އަންނަ ހަފްތާއިން ފެށިގެން އުސޫލާއި އެއްގޮަތަށް ކުރިއަށް ދާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވަން 1 މާރިޗު 2026 އިން ފެށިގެން ކަނޑައަޅުއްވާފައިވާ އުޞޫލާއި އެއްގޮތަށް އަންނަ ހަފްތާއިން ފެށިގެން އެކަން ކުރިއަށް ދާނެ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ކަންކަން ކުރިއަށްދާނީ މާރިޗު މަހުން ފެށިގެން ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ މަތިން ކަމަށެވެ. މިއީ މީޑިއާއަށް ސީދާ މައުލޫމާތު ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމެކެވެ.

މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާ ބެހޭގޮތުން ހީނާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވާހަކަފުޅުތައް ތަކުރާރު ކުރައްވާފައެވެ. އެގޮތުން، އާއްމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

”ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ“ ރައީސް ވިދާޅުވެފައިވެއެވެ.

ހީނާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުޞޫލާ އެއްގޮތްވާގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރެވޭގޮތް ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށެވެ. މިއީ ސަރުކާރުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: