ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު ޢަލީ އާރިފް އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި, އަލީ އާރިފް-
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުގެ ފެންވަރުގައި ހުންނެވި ޢަލީ އާރިފް މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޢަލީ އާރިފަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ އަކީ މި ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޒީރުންގެ ފެންވަރުގައި އައްޔަންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޢަލީ އާރިފް ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

މަޤާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ޢަލީ އާރިފް ވަނީ ސަރުކާރުގެ އެކި ދާއިރާތަކުގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާފައެވެ. އޭނާ އަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: