ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕްރައިމަރީ: އައްޑޫ ސިޓީގެ ފުލް ޓީމް މިއޮތީ، ކެޕްޓަން ބޭންޑް ދެކުނު ނިޒާރަށް!

އައްޑޫ ސިޓީ އިން އެމްޑީޕީ ޓިކެޓް ކާމިޔާބުކުރެއްވި ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ކުރިއަށްދިޔަ އެމްޑީޕީގެ ލޯކަލް ކައުންސިލް ޕްރައިމަރީގައި މޭޔަރާއެކު11 ފަރާތަކަށް އައްޑޫ ދާއިރާތަކުން ވާދަކުރުމަށް ޓިކެޓް މިވަނީ ލިބިފައެވެ. 

އެހެން ސިޓީތަކާއި ހިލާފަށް އައްޑޫގައި އެއް ކެންޑިޑޭޓެއް ވާދަކުރުމުގެ ސަބަބުން އޮޓޮމެޓިކުން ޓިކެޓް ލިބުނު އެއްވެސް ކެންޑިޑޭޓެއް ނެތެވެ. ހުރިހާ ދާއިރާއެއްގައިވެސް ވާދަވެރިކަމާއެކު ވާދަކޮށް ޓިކެޓްތައް ހޯދީ އިންތިހާބުންނެވެ. 

އައްޑޫގެ މޭޔަރަކަށް މިހާރު ހުންނެވި، އަބްދުﷲ ސޯދިގު (ސޯބެ)ގެ މައްޗަށް ކުރި ހޯއްދެވި ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރެވެ. އަލީ ނިޒާރަށް 1300 އަށްވުރެ ގިނަ ވޯޓް ލިބިވަޑައިގެންނެވިއިރު ސޯބެއަށް ލިބިލެއްވީ އޭގެ 700 އެއްހާ ވޯޓެވެ. 

މޭޔަރު: އަލީ ނިޒާރު (ދެކުނު ނިޒާރު)

އައްޑޫ ސިޓީ އޮޑައްސައު ދާއިރާ: އާމިނަތު ގުލްފިޝާމް

ހިތަދޫ ކޮރޮވަލު ދާއިރާ: އިބްރާހިމް ޝިނާޒް

ހިތަދޫ ބޭރުމަތި ދާއިރާ: މަރިޔަމް ސައީދާ

ހިތަދޫ މެދުވަލު ދާއިރާ: މުހައްމަދު ޝުއާއު

ހިތަދޫ ރަސްގެދަރަ ދާއިރާ: ހުސައިން ޒަރީރު

ހިތަދޫ މާމެންދޫ ދާއިރާ: ޖަމްޝީދާ މުހައްމަދު

މަރަދޫ ދާއިރާ: އަހްމަދު ނިޝާން

މަރަދޫ ފޭދޫ ދާއިރާ: ހާލިދާ މުހައްމަދު

ފޭދޫ އުތުރު: އިބްރާހިމް ޖުނައިދް (މަސްއޫދު)

ފޭދޫ ދެކުނު: އިބްރާހިމް ޝިޔާޒް

ހުޅުދޫ ދާއިރާ: ހުސައިން ފައިޒުއް ރަހްމާން

މީދޫ ދާއިރާ: އައިޝަތު ޝޫޒާ

ލޯކަލް ކައުންސިލް އިންތިހާބް އޮންނަނީ އަންނަ މަހު ތެރޭގައެވެ. މިހާތަނަށް ކެނޑިޑޭޓުން ފައިނަލްކުރީ އެމްޑީޕީއިން އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: