ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސްއާއި އެކު ދިވެހި ޑޮކްޓަރުންގެ އިރުޝާދު!

މަސްކު އަޅަން ވާނީ ބަލި ޖެހިފައިވާ މީހުން --- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އަކީ ގައިންގަޔަށް އަރާ އެއްޗެކެވެ. އެގޮތުން، މި ވައިރަސް ދަތުރުކުރާނީ ބަލިމީހާގެ ވަށައިގެން ތިން ފޫޓުގެ ދުރުމިނަށެވެ. ބަލިމީހާ ގާތުގައި 15 މިނިޓު ހުރެއްޖެ ނަމަ މި ވައިރަސް ވާރުތަވުން ގާތެވެ.

ދިވެހި ޑޮކްޓަރުންނާއިއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސަލްޓެންޓް އިން ރެސްޕިރޭޓަރީ މެޑިސިން، ޑރ. މޫސާ ހުސެއިން ވިދާޅުވީ، ކޮރޯނާ ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ރޯގާ، ހުން، ކެއްސުން އަދި ކިނބިހި އެޅުން ހިމެނޭ ކަމަށެވެ.

އެހެންކަމުން، ޑޮކްޓަރުން ލަފާދެއްވަނީ، މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ވީހާ ވެސް އަވަހަކަށް ސިއްޚީ އެހީތެރިއަކަށް ދެއްކުމަށެވެ. އަދި އަލާމާތްތަކުގެ ގޮތުގައި ފެންނަ ކަންކަން މުޅިން ރަނގަޅު ވަންދެން ބޭރަށް ނުނުކުމެ ގޭގައި މަޑުކޮށްލުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި، ރައްކާތެރިވުމުގެ ގޮތުން މާސްކު އަޅުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، މާސްކު އަޅަންޖެހެނީ ބަލީގެ އަލާމާތްތަށް ފެންނަ މީހުންނެވެ. ބަލި ނުޖެހި ނުވަތަ އެއްވެސް އަލާމާތެއް ނުފެންނަ މީހަކު މާސްކު އަޅާކަށް ނުޖެހޭނެއެވެ.

މިދުވަސްވަރު ސްކޫލްތައް ހުޅުވާފައި ބެހެއްޓުން ރައްކާތެރިތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޑޮކްޓަރުން ބުނީ، އަދި މިހާތަނަށް ރާއްޖޭގައި މި ބަލި ޖެހިފައިވާ މީހަކު ހުރިކަން ކަށަވަރު ނުވާ ކަމަށެވެ.އަދި  އެހެންވެ، ސްކޫލްތައް ބަންދުކުރަން ލަފާދެވެން ނެތް ކަމަށެވެ.

ބަންދުކުރަން ލަފާދެއްވިޔަސް ދެއްވާނީ، ބަލި ފެތުރިއްޖެ ހާލަތެއްގައި ފެތުރޭ ސަރަހައްދަުގައި ހުރި ސްކޫލަކަށް އެކަނި ކަމަށާއި، ސްކޫލް ބަންދުކުރުމަކީ ކުދިންގެ ކިޔެވުމަށް އަސަރުކޮށްފާނެ ކަމަކަށް މަޖުބޫރީ ހާލަތެއްގައި ފިޔަވާ އެކަން ކުރަން ޑޮކްޓަރުން ލަފާނުދެއްވާނެ ކަމަށް ވެސް އެބޭފުޅުން ބުނެއެވެ.

ޑރ. މޫސާ ހުސައިން ވިދާޅުވީ، ކޮރޯނާ ވައިރަސްއަށް ވަކި ޚާއްސަ ފަރުވާ އެއް ނެތް ކަމަށެވެ. ނަމަވެސް ސަޕޯޓިވް ޓްރީޓްމަންޓް ދީގެން މީހުން ރަނގަޅުވާނެ ކަމަށާއި ރާއްޖޭގައިވެސް މި ބައްޔަށް ދޭ ފަރުވައަކީ ޗައިނާގައިވެސް އެހެން ޤައުމުތަކުގައިވެސް ބަލި ދެނެގަނެ ދޭ ފަރުވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ، ރާއްޖޭގައި ކޮރޯނާ ވައިރަސްގެ ކޮންފާރމްޑް ކޭސް އެއްވެސް އަދި ސީރިއަސް ކޭސް އެއްވެސް ނެތް ކަމަށެވެ. އަދި އެފަދަ ކޭސް އެއް އޮންނަމަ ފަސޭހައިން ފެތުރިގެން ހިނގައިދާނެ ކަމަށް މޫސާ ހުސައިންު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 29%ހައިރާންވެއްޖެ 14%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: