ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބުގައި އެމްޑީޕީން އެއްވެސް ބަޔަަކާއިއެކު ކޯލިޝަން ނަހަދާނެ! : ނަޝީދު

ރައީސް މުޙައްމަދު ނަޝީދު ---ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަކުން އެއްވެސް ބަޔަަކާއިއެކު ކޯލިޝަން ނަހަދާނެ ކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާލުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑިޕިން ނުކުންނަނީ ސާފު އަގުލަބިއްޔަތެއް ހޯދޭނެ ކަމުގެ ޔަޤީން ކަމާއެކުގައެވެ.

“އަޅުގަނޑުމެން އިއްތިހާދެއް ނަހަދާނަން” ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަބަބަކަށް އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު އެއްވެސް ޕާޓީ އަކުން މި އިންތިޚާބުގައި ބައިވެރިވާނެ ކަމަށް ނުފެންނާތި ކަމަށެވެ. ޕީޕީއެމް އަދި ޖޭޕީގައި ވެސް މި އިންތިޚާބުގައި ގިނަ ކެންޑިޑޭޓުންތަކެއް ނެރުމުގެ ޤާބިލުކަން ނެތް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އެ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިއްޔެ އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބުގެ ތެރޭން ހިނގި ހަމަނުޖެހުންތަކަށް އަލި އަޅުވާލަމުން ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ މަޝްރަހުގައި އެފަދަ ކަންކަން ހިނގާނެ ކަމަށެވެ. ވޯޓު ފޮށީގައި އަލިފަން ރޯކުރުމަކީ އެމަނިކުފާނަށް މާ ބޮޑު މައްސަލައެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއް އެމަނިކުފާނު ސިފަކުރެއްވީ “ޖޯޝް”ގެ ގޮތުގައެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުމުގައި ގއ. ގެ 3 ރަށެއްގައި ބަހައްޓާފައި ހުރި އެ ޕާޓީގެ ވޯޓު ފޮށިތައް ވަނީ އަންދާލާފައެވެ.

ގއ. ގެމަނަފުއްޓާއި ގއ. ވިލިނގިލި އަދި ގއ. މާމެންދޫގައި ވޯޓް ލާން ބަހައްޓާފައި ހުރި ވޯޯޓް ފޮށިތައް އަންދާލީ ގއ.އަތޮޅުގެ ޕްރައިމަރީ ބާތިލްކޮށް އަލުން ޕްރައިމަރީ ބާއްވާނެކަން އެމްޑީޕީން އިއުލާން ކުރުމުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ.

އިންތިޚާބު ބާތިލް ކުރީ ގއ. އަތޮޅު މީހުން މާލޭގައި ވޯޓް ލުން ކުރިއަށް ގެންދިޔަ މަރުކަޒު (ކަލާފާނު ސްކޫލް) ގައި ހުރި ވޯޓް ފޮއްޓެއް ނަގައިގެން މީހަކު ދިއުމުންނެވެ.

ހުވަދު އަތޮޅުގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސްކޫލުގައެވެ. ބިޔަ ބޮޑު ހުވަދޫގެ އިތުރުންވެސް ބައެއް އަތޮޅުތަކުގެ އިންތިހާބު ކަލާފާނު ސްކޫލުގައި ކުރިއަށްދިޔުމުން، ވޯޓްލުމަށް ތަފާތު ދަތިތައް ކުރިމަތިވިކަން ވޯޓްލާން ދިޔަ ފަރާތްތަކުން ފާހަގަކުރިއެވެ.

މިގޮތުން އެތައް ބަޔަކު ކިއުގައި ޖެހި ވޯޓްނުލެވި ގަޑިއިރުތަކެއް ހޭދަކުރަން ޖެހުމުން އެކަމުގެ ޝަކުވާ ކަލާފާނު ސްކޫލުގައި ބޮޑުވިއެވެ. އަދި ވޯޓް ކަރުދާސް ދެ ފަހަރެއްގެ މަތިން ހުސްވުމުން، “ބަޔަކު ވޯޓް ކަރުދާސް ވަގަށް ނެގި” ކަމުގެ ޝަކުވާ ބޮޑުވިއެވެ.

އަދި ވިލިނގިއްޔަށް ނިސްބަތްވާ ބަޔަކުވަނީ ކަލާފާނު ސްކޫލުގެ ވޯޓްލުމުގެ އިންތިޒާމް ދަށްވުމުން، އެ “ހޫނު” ގައި ވޯޓް ފޮށިތައް އުކާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: