ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންވެލްތުގެ މެންބަރުކަން ލިބުމީ ޤައުމަށް ލިބޭ ވަރަށްބޮޑު ފަޚުރެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދަކީ ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރުކަން ލިބުނު ދުވަސްކަމުގައި ވާތީ މިއީ ޤައުމަށް ލިބޭ ވަރަށްބޮޑު ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި ކޮމަންވެލްތް އަލުން ގުޅުމުގެ މުނާސަބަތުގައި އެމަނިކުފާން ދެއްވި ހާއްސަ މެސެޖެއްގައެވެ. 

ރައިސްގެ މެސެޖުގައި ވިދާޅުވީ، ރާއްޖެއިން ކޮމެލްވެލްތާ އަލުން ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ކޮމަލްވެލްތުގެ ސެކެޓްރިއޭޓްގައި ރަސްމީގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު މި މަހުގެ 6 ވަނަ ދުވަހު ބޭއްވެވުމާއި ކޮމަންވެލްތު ޤައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުގެ ނަން ހައިކޮމިޝަނަށް ބަދަލުކުރައްވަން ހަމަޖެހިފައިވާކަމަށެވެ.

ރައީސްގެ މެސެޖުގައި ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމަކީ މި ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައުމުގައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވައި ސަރުކާރު ދެމި މިއޮތީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައިކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ކޮމަމްވެލްތުގެ ޢާއިލާއަކީ މިނިވަން 50 ޤައުމެއްގެ މައްޗަށް އެކުލެވޭ މުއްސަނދި ޘަޤާފަތްތަކާއި ތަރިކަތަކެއް ހިމެނޭ އަދި އިޤްތިޞާދީ ކުރިއެރުންތައްވެސް ތަފާތު ދާއިރާތަކުން ތަފާތު މިންވަރަށް ހޯދާފައިވާ ޤައުމުތަކެއް ހިމެނޭ ޢާއިލާއެއް ކަމަށާއި މި ޢާއިލާއިން ޤަބޫލުކުރާ ހަމަތަކަކީ މިހުރިހާކަމެއް އެކުލެވޭ ހަރާރޭ ޑެކްލަރޭޝަނުގައި ހިމެނޭ ހަމަތައްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ޑިމޮކްރަސީއާ އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި ސިޔާސީ،އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުންނާއި ފަރުދީގޮތުން ހަރަކާތްތެރިވުމުގެ މިނިވަންކަން އޮތުން މި އަގުތަކުގެ ތެރޭގައި ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައިވެއެވެ.

ކޮމަންވެލްތުން ކުރިއަރުވާ ހަމަތަކަކީ ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކުގައިވެސް ހުރި ހަމަތައްކަން ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި ވެސް ބަލާފައި ވަނީ އެ ހަމަތައް ކުރިއެރުވުމުގެ މައްޗަށްކަމުގައި މި މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ކޮމަންވެލްތުގެ އެހެން ޤައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނީވެސް މި ހަމަތައް ކުރިއަރުވައި ދެމެހެއްޓުމުގައިކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވަނީ ފާހަގަކުރައްވާފައި ވެއެވެ.

ކޮމަންވެލްތުން ފަހިކޮށްދޭ ތަޢުލީމުގެ ފުރުޞަތުތަކާއި ކުޅިވަރުގެ ދާއިރާއިން ފަހިކޮށްދޭ ފުރުޞަތުތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ނުހަނު މުހިންމު އަދި ބައިނަލްއަޤްވާމީ މައިދާނުން ލިބޭ ފުޅާ ފުރުޞަތުތަކެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ޔޫތު ޕްރޮގްރާމުފަދަ ޕްރޮގްރާމްތަކަކީ 21 ވަނަ ޤަރުނުގެ ހުނަރުތައް ޒުވާނުންނަށް ލިބިދިނުމުގައި މުހިންމު އަދި ޤައުމުގެ ފަރުދުންނަށް ސީދާގޮތުން ފައިދާ ލިބެމުން އަންނަ ޕްރޮގްރާމްތަކެއްކަން ބަޔާން ކުރައްވާފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: