ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލެޓާއި ގޯއްޗަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި!

photo: the edition
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަޙައްދުން ފުލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު ސަރުކާރުން އަނެއްކާވެސް އިތުރުކޮށްފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓާއި ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު މިހާރު 31 މޭ 2026 ގެ 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި މުއްދަތު އިތުރުކުރުމަށް ނިންމީ ވީހާވެސް ގިނަ ރައްޔިތުންނަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ”ހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެކެވެ.

މަޝްރޫޢުގެ ތަފްޞީލު

މި ޕްރޮގްރާމްގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުންނާއި އަލަށް ތަރައްޤީކުރާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ ކެޓަގަރީތަކުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް، އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ހިމެނެއެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

ގޯތި ދޫކުރުމުގެ ބައިގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތިއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ކަނޑައަޅާފައިވެއެވެ.

މި ސްކީމުގެ ދަށުން، ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، ދަރިން ތިބި މިންވަރަށް ބަލައި ވަކި ޝަރުތުތަކެއްގެ ދަށުން 3 ކޮޓަރީގެ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: