ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓިގައި ދެ އަލިފާނުގެ ހާދިސާ ހިނގައިފި!

އައްޑޫ-ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގުން: އެމްއެންޑީއެފްއިން ވަނީ އަލިފާންގަނޑު ނިއްވާލާފައި | ފޮޓޯ: އެމްއެންޑިއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި  ދެ އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ، އައްޑޫ-ހިތަދޫގައި މިއަދު ހެނދުނު އަލިފާނުގެ ދެ ހަދިސާ ހިނގައިގެން ސިފައިން ހަރަކާތްތެރިވި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ، އެރަށުގައި ފުރަތަމަ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ފަޅު ގޯއްޗެއްގައި މިއަދު 11:50 ހާއިރު ކަމަށެވެ. އަދި މިއަދު ހެނދުނު 11:14 ހާއިރު ހިތަދޫ ޒޯން ސްޓޭޑިއަމްގެ އިރުމަތީ ފަރާތުގެ ވަލުތެރޭގައި ހުރި ހުރިތަކެއްގައި ރޯވެގެންވެސް ސިފައިން ހަރަކާތްތެރިވިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންްޑީއެފް އިން ވަނީ އެ ދެ ތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައެވެ.

 އެ ދެ ހާދިސާގައިވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: