ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އިން ހިންގީ ޓެރަރިޒަމުގެ އަމަލެއް : އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އިން ހިންގާފައި ވަނީ ޓެރަރިޒަމުގެ އަމަލެއް ކަމަށް ޕީއެންސީ ޕީގީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ،  އިއްޔެ ކުރިއަށް ދިޔަ އެމްޑީޕީ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި، ގއ. އަތޮޅުގެ އިންތިހާބް ބާތިލު ކުރުމާއި ގުޅިގެން ބައެއް ވޯޓުފޮށިތައް އަންދާލުމުން އެކަމާއި ނުރުހުން ފާޅު ކުރައްވައި ކުރެއްވެވި ޓްވީޓެއްގައެވެ.

ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އެޕާޓީން ހިންގީ ޓެރަރިޒަމުގެ އަމަލެއް ކަމަށާއި، އެ މައްސަލަ ސީރިއަސް ކަމާއި އެކު ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ. އަދި ހުޅުޖަހައި ރޯކުުމަކީ ސަގާފަތަކަށް ނުހެއްދެވުމަށް އޭނާގެ ޓްވީޓުގައި ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، އެޓްވީޓުގައި ވިދާޅުވެފައި ވަނީ އެފަދައިން ކަންކަން ދާކަމުގައިވާނަަމަ، ލޯކަލް ކައުންސިލް އިންތިހާބު އަމާންކަމާއި އެކު ދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.

 

https://twitter.com/Adamshareefz/status/1223310126607527937

އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުމުގައި މައްސަލަ ހޫނުވި، ގއ. ގެ 3 ރަށެއްގައި ބަހައްޓާފައި ހުރި އެ ޕާޓީގެ ވޯޓު ފޮށިތައް ވަނީ އަންދާލާފައެވެ.

ގއ. ގެމަނަފުއްޓާއި ގއ. ވިލިނގިލި އަދި ގއ. މާމެންދޫގައި ވޯޓް ލާން ބަހައްޓާފައި ހުރި ވޯޯޓް ފޮށިތައް އަންދާލީ ގއ.އަތޮޅުގެ ޕްރައިމަރީ ބާތިލްކޮށް އަލުން ޕްރައިމަރީ ބާއްވާނެކަން އެމްޑީޕީން އިއުލާން ކުރުމުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ.

އިންތިޚާބު ބާތިލް ކުރީ ގއ. އަތޮޅު މީހުން މާލޭގައި ވޯޓް ލުން ކުރިއަށް ގެންދިޔަ މަރުކަޒު (ކަލާފާނު ސްކޫލް) ގައި ހުރި ވޯޓް ފޮއްޓެއް ނަގައިގެން މީހަކު ދިއުމުންނެވެ.

ހުވަދު އަތޮޅުގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސްކޫލުގައެވެ.  ހުވަދޫގެ އިތުރުންވެސް ބައެއް އަތޮޅުތަކުގެ އިންތިހާބު ކަލާފާނު ސްކޫލުގައި ކުރިއަށްދިޔުމުން، ވޯޓްލުމަށް ތަފާތު ދަތިތައް ކުރިމަތިވިކަން ވޯޓްލާން ދިޔަ ފަރާތްތަކުން ފާހަގަކުރިއެވެ.

މިގޮތުން އެތައް ބަޔަކު ކިއުގައި ޖެހި ވޯޓްނުލެވި ގަޑިއިރުތަކެއް ހޭދަކުރަން ޖެހުމުން އެކަމުގެ ޝަކުވާ ކަލާފާނު ސްކޫލުގައި ބޮޑުވިއެވެ. އަދި ވޯޓް ކަރުދާސް ދެ ފަހަރެއްގެ މަތިން ހުސްވުމުން، “ބަޔަކު ވޯޓް ކަރުދާސް ވަގަށް ނެގި” ކަމުގެ ޝަކުވާ ބޮޑުވިއެވެ.

އަދި ވިލިނގިއްޔަށް ނިސްބަތްވާ ބަޔަކުވަނީ ކަލާފާނު ސްކޫލުގެ ވޯޓްލުމުގެ އިންތިޒާމް ދަށްވުމުން، އެ “ހޫނު” ގައި ވޯޓް ފޮށިތައް އުކާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: