ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކަކު ނެތަސް އެމްޑީޕީ ހަލާކުވާތަން އެބަ ފެނޭ: ޑރ ޖަމީލް

Ekaku nethas MDP halaaku vaathah eba feney: Dr. Jameel
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަކު ނެތަސް އެމްޑީޕީން އަމިއްލައަށް ހަލާކުވާތަން ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިގެން ވިދާޅުވީ އެމްޑީޕީން ބާއްވާ ޕްރައިމަރީއާއެކު އިދިކޮޅު ފަރާތްތަކުން މޭކަރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

މި ފަހަކަށް އެމްޑީޕީއާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ގައުމެއްގެ ޝަރަފު ދިފާއު ކުރަން ލަދު ގަންނަ ބަޔަކު ބޭޒާރު ވާނީ ހުތުރުކޮށް ކަމަށެވެ.

މާރިއާއަށް ފާޑު ވިދާޅުވަމުން ޖަމީލް ވިދާޅުވި ގޮތުގައި “ފައިން އެރުމަށް” ފަހުވެސް ހުވާ ކުރަން ޖެހިވަޑައިގަތީ ގާނޫނު އަސާސީގެ ދަށުންނެވެ.

https://twitter.com/MJameelAhmed/status/1223251493492424704

ޖަމީލް އެ އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްކަން ކުރެއްވި ދުވަސްވަރު، މަޖލީހުގެ މޭޒު މައްޗަށް އަރާ ވަޑައިގެން ހުންނެވިއިރު ގާނޫނު އަސާސީގެ މައްޗަށް ފައިން އަރުއްވައިގެން ހުންނެވި މަންޒަރަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓް ދިނުމަށްފަހު ނޫސްވެރިންނާ ބައްދަލްކުރައްވާ ދެއްކެވި ވާހަކަފުޅުގައި މާރިއާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއާއެކު އިދިކޮޅު ފަރާތްތަކުން މޭކަރާނެ ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: