ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައްސާން އިސްތިއުފާ ދެއްވިއިރު، އައިޝަތު ޝިހާމްވެސް މަގާމުން ވަކިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަގާމުން އިސްތިއުފާ ދެއްވައި، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މަގާމުން ވަކިކޮށްފިއެވެ.

މީގެއިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ސަރުކާރުގެ ކެބިނެޓަށް މި ބަދަލުތައް އައިސްފައި މިވަނީ، ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް މަގާމުތަކުން އިސްތިއުފާ ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ އިސްވެރިން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކުންފުނިތަކުގެ އިސްވެރިން މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދިނުން އިތުރުވެފައިވާއިރު، ފެނަކަ އާއި އެޗްޑީސީގެ ބައެއް އިސް މަގާމުތަކަށް ވެސް މި ފަހުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ސަރުކާރުގެ މަތީ ފަންތީގެ މަގާމުތަކަށް މިފަދަ ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، މި ބަދަލުތައް ގެންނަ ސަބަބެއް މިހާތަނަށް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: