ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އަނގަޔާއި ހެދި އެމްޑީޕީ ބަލިވާނެ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު- ފޮޓޯ:- ވަންއޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް، ”ކިޔޭ ނުކިޔޭ އެއްޗެއް“ އެގިވަޑައިނުގަންވާ ކަމަށާއި އެމަނިކުފާނުގެ އަނގަޔާ ހެދި އެމްޑީޕީ ބަލިވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދާއި، އައްޑޫ މޭޔަރު ސޯބެ އަދި ފުވައްމުލަކު މޭޔަރު ފަލާހް ޕްރައިމަރީ އިން ނާކާމިޔާބުވީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ވިދާޅުވުމުންނެވެ.

ރައީސް ނަޝީދަށް ފާޑު ވިދާޅުވެ، ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވާ އެއްޗަކާއި ސަރުކާރުން ދައްކާ ވާހަކައަކާއި ދިމާނުވާ ކަމަށެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ނުވާނީ ރައީސް ނަޝީދުގެ އަނގަޔާ ހެދިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މާލެ އާއި އައްޑޫ އަދި ފުވައްމުލަކު މޭޔަރަށް މަޤާމު ދިފާއު ނުކުރެވުމުން ރައީސް ކުށްވެރިކުރެއްވީ ކުރީގެ ސަރުކާރެވެ. އެގޮތުން ސިޓީ ކައުންސިލުތަކަށް ރައްޔިތުން ކުރަމުން ދިޔަ އިތުބާރު ގެއްލުވާލައިފައި ވަނީ ކުރީގެ ސަރުކާރުން ކަމަށް ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވި މޭޔަރުން ފެއިލްވީ ނޫން ކަމަށާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކައުންސިލްތައް ފެއިކްކޮށްލީ ކަމަށެވެ.

”އަޅުގަނޑަށް ފެންނަ ފެނުމުގައި ފެއިލްވީ ކުރީގެ ސަރުކާރުން އިނގޭތޯ. ފޭލް ކޮށްލައިގެން މިއުޅެނީ. އަޅުގަނޑުމެންގެ ސިޓީކައުންސިލްތަކަށް އެނގިވަޑައިގަންނަވާނެ މަސައްކަތް ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ ރައީސް ޔާމީނު ލާމަރުކަޒީ ގާނޫނު ރޫޅާލުމާ ސިޓީ ކައުންސިލްތައް ހަލާކުކޮށްލުމާ“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރީގެ މޭޔަރުންގެ ތަޖުރިބާ ބޭނުންކުރެވޭނެ ގޮތްތަކެއް ސިޓީކައުންސިލްތަކުގައި ހިމެނެން ޖެހޭ ކަމަށް، އައްޑު އާއި މާލޭގެ މޭޔަރުކަމުގެ ޓިކެޓް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ވިދާޅުވި ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އެމްޑީޕީ އިން ކުރިއަށް ގެންދިޔަ ޕްރައިމަރީ ގޮސްފައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު އަމާންކަމާއި އެކު ނުދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: