ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިހެއުމުން ޗުއްޓީ ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަނީ!

ޖޭއެސްސީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުންނަށް ދެވޭ ޗުއްޓީގެ ތެރޭގައި ވިހެއުމާއި ގުޅިގެން އަންހެން އަންހެން ބޭފުޅުންނަށް ދެވޭ ހަމަސް ދުވަހުގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމާއި ގުޅިގެން ފިރިމީހާއަށް ދޭ އެއްމަސްދުވަހުގެ ޗުއްޓީ ފަނޑިޔާރުންގެ ގާނޫނުގައި ހިމެނުމަށް އެ ގާނޫނަސް އިސްލާހު ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. 

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންނަށް ދެވޭ ޗުއްޓީގެ ތެރޭގައި ވިހެއުމާ ގުޅިގެން އަންހެންނަށް ދެވޭ 6 މަސް ދުވަހުގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެނުންނަށް ދެވޭ އެއް މަސްދުވަހުގެ ޗުއްޓީ ފަނޑިޔާރުންގެ ގާނޫނުގައި ހިމެނުމަށް ބަންޑާރަ ނާއިބާއި ރައްޔިތުންގެ މަޖިލީހުގައި އެދުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ވިހެއުމުން ކޮންމެ މަޔަކަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެގޮތުން ވިހެއުމާއި ގުޅިގެން ލިބިދެވޭ ޗުއްޓީގައި ކޮންމެ މަޔަކަށް މުސާރައާއެކު ހަ މަސް ދުވަސް ލިބޭއިރު ކޮންމެ ބައްޕައަކަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.

ސަރުކާރު މުވައްޒަފުންނަށް ވެސް ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރަން ނިންމުމާ އެކު، ސަރުކާރުގެ ގިނަ މުއައްސަސާތަކާއި ކުންފުނިތަކުން ވެސް ވަނީ އެގޮތަށް ޗުއްޓީ ދޭން ހަމަޖައްސައިފައެވެ. މީގެއިތުރުން އަމިއްލަ ބައެއް ފަރާތްތަކުން ވެސް މިހާރު ވަނީ އެ އުސޫލަށް އަމަލުކުރަން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: