ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރެވުނު މަސައްކަތާއި މެދު ހިތްހަމަޖެހޭ، ސަރުކާރަށް އެދެނީ ކާމިޔާބީ: އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޓީސް، މިނިސްޓަރުކަމުގެ މަގާމުން އަންގާރަ ދުވަހު އިސްތިއުފާ ދެއްވި އާދަމް ޝަރީފް އުމަރު، އެ މިނިސްޓްރީގައި ކުރެއްވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހުން ފާޅުކުރައްވައި، ސަރުކާރަށް ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، މިނިސްޓްރީގައި ހަރުދަނާ މަސައްކަތްތަކެއް ކުރެވުނީތީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނީ ނަތީޖާ ނެރެވުނު މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކާއެކު ގާތް އަދި ރަނގަޅު ގުޅުމެއް ބޭއްވުނީތީ އުފާކުރައްވާ ކަމަށެވެ.

 ”މިނިސްޓްރީގައި ހަރުދަނާ މަސައްކަތްތަކެއް ކުރެވުނީތީވެ، ވަރަށް ހިތްހަމަޖެހޭ. ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނީ ހިތްހަމަޖެހޭ މަސައްކަތްތަކެއް. ކައުންސިލްތަކާއެކު ރަނގަަޅު ގުޅުމެއް ބޭއްވުނީތީ އުފާކުރަން. ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އިތުރު ކާމިޔާބީއަށް އެދެން،“ އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، ވުޒާރާއަށާއި ސަރުކާރަށް އަދި ދިވެހި ގައުމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އާދަމް ޝަރީފް ހިމެނޭހެން ކެބިނެޓްގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. މި ބަދަލުތަކާ ގުޅިގެން، ހުސްވި މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އާ ވަޒީރުން އައްޔަންކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: