ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްގު 6093 މީހުންނަށްލިބިފައިވޭ: އީސީ

ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޢާންމުކޮށްފިއެވެ. އީސީއިން ހާމަކޮށްފައިވާ ގޮތުގައި މި ބުރުގައި ޖުމްލަ 6093 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަނާއި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓު ޢާންމުކޮށްފައެވެ. މި ލިސްޓުތަކުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އިން އިރުއޮއްސި 6:00 އާ ހަމައަށް އިންތިޚާބާއިބެހޭ މަރުކަޒުގައި ވަނީ ހުޅުވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އަންހެނުންގެ ގޮނޑިތަކަށް އަލުން ވޯޓުލުން ބާއްވަނީ ބ. ދޮންފަނު އަދި ފުވައްމުލަކު ސިޓީ ދަނޑިމަގު ދާއިރާގައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަނީ ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށުގައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ކެލާ އިންތިޚާބުގައި 1729 މީހުންނަށް، ނޭކުރެންދޫގައި 1056 މީހުންނަށް، ދޮންފަނުގައި 441 މީހުންނަށް، މާވަށުގައި 1556 މީހުންނަށް އަދި ފުވައްމުލަކު ދަނޑިމަގު ދާއިރާގައި 1311 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

މި އިންތިޚާބުގައި ޖުމްލަ 14 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އަތޮޅުތެރޭގެ ރަށްރަށުގެ އިތުރުން މާލޭގައި 6 ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގައި ވޯޓުލުން ކުރިއަށްދާނީ ތާޖުދިއްދީން ސްކޫލް، ހިރިޔާ ސްކޫލް އަދި ދަރުމަވަންތަ ސްކޫލުގައެވެ.

އޭޕްރީލް 18 ވާ ހޮނިހިރު ދުވަހުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓުލާ ނިމުމުން ވަގުތީ ނަތީޖާ ފޮށިތައް ކައިރީގައި އިއުލާން ކުރާނެ ކަމަށާއި، ރަސްމީ ނަތީޖާ އިއުލާން ކުރާނީ އޭޕްރީލް 19 ވަނަ ދުވަހު ކަމަށް އީސީއިން މަޢުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: