ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: މަރުވި މީހުންގެ އަދަދު 362 އަށް، ބަލި ޖެހުނު މީހުންގެ އަދަދު 17205 އަށް!

ކޮރޯނާ ވައިރަސްގެ އަލާމާތެއް ފެނިއްޖެ ނަމަ މާސްކް އަލަން ދޮކްތަރުން އިރުޝާދުދޭ: ފޮތޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ވުހާނުން ފެނި، ހަލުވި ކަމާއެކު ފެތުރެމުންދާ، ނޮވެލް ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 362 އަށް އަރައިފި ކަމަށް ޗައިނާގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ޗައިނާގެ ތަފާސް ހިސާބުތަކުން އެގޭ ގޮތުގައި، މި ބަލީގައި 362 މީހުން މަރުވެފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދު 17205 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް މަރުވި 361 މީހުން ނިސްބަތްވަނީ ޗައިނާއަށެވެ. ދެން މަރުވެފައި ވަނީ ފިލިޕީންސްގެ ތައްޔިތެކެވެ.

ޗައިނާ އިން މިއަދު އާއްމުކުރި ތަފާސް ހިސާބަށް ބަލާއިރު އާދީއްތަ ދުވަހު އެކަނިވެސް ކޮރޯނާ ވައިރަސް ޖެހިގެން ޗައިނާ އިން ވަނީ 56 މީހަކު މަރުވެފައެވެ.

ކޮރޯނާވައިރަސް ޖެހިގެން ހަމައެކަނި ހުބާއީ ޕްރޮވިންސުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2103 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އެހެންކަމުން އެ ޕްރޮވިންސުން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 16600 އަށް ވުރެ އިތުރު ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: