މާލޭ ސީޓީ ކައުންސިލްގެ ޖަލްސާތައް ލައިވްކުރަން އެ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވްކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން، ލައިވްކުރެވޭ ފުރަތަމަ ޖަލްސާ އޮންނާނީ 4 ފެބްރުއަރީ ވާ އަންގާރަ ދުވަހު ކަމަށް އެ ކައުންސިލުން ބުނެއެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ކަމަށެވެ.
ސިޓީ ކައުންސިލުން ވަނީ އެ ޖަލްސާ އަޑުއަހަން ބެނުންވާ ފަރާތްތަކަށް ޖާގަ އޮތް މިންވަރަކުން ފުރުސަތުދޭން ނިންމާފައެވެ. އަންގާރަ ދުވަހުގެ 1400 ގައި އޮންނަ ޖަލްސާގައި ބައިވެރިވާން އެދޭ ފަރާތަކުން ގަޑި ޖެހުމުގެ 15 މިނިޓު ކުރިން ހާޒިވުވުމަށް އެ ކައުންސިލުން ދައުވަތު އަރުވައެވެ.
މާލޭ ސްޓީ ކައުންސިލްގެ އެޑްމިނިސްޓްރޭޝަން މަސައްކަތްތަށް މިހާރު ވަނީ އެމް.ޑަބްލިޔު.އެސް.ސީ އިމާރާތުގެ 4 ވަނަ ފަންގިފިލާއަށް ބަދަލަުކުރެވިފައެވެ. ނަމަވެސް، އާންމު ޖަލްސާތައް އަދިވެސް ހިނގަނީ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައެވެ.
ސިތީ ކައުންސިލުން ނެރުނު އިއުލާނުގައި ވެސް އެކަން ފާހަގަކުރައްވާފައި ވެއެވެ.

