ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައިނޯރިޓީ ލީޑަރަކީ މެންބަރު އަހުމަދު ސަލީމް!

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޝަރީފު މިހެން ވިދާޅުވީ، މަޖިލީހުގައި މިހާރު ސިޔާސީ ޕާޓީތައް ތަމްސީލުވާ ގޮތުން، މައިނޯރިޓީ ލީޑަރަކީ ކޮން ބޭފުޅެއްކަން އަދި ކަނޑައެޅިފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

މަޖިލީސް މި ދައުރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ފަހު، ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، 14 ދުވަހުގެ ތެރޭގައި އެ ބަޔާނަށް ޖަވާބު ދިނުމުގެ މަސްއޫލިއްޔަތު އާންމު އުސޫލުގެ ދަށުން އޮންނަނީ މަޖިލީހުގެ އިދިކޮޅު ލީޑަރަށް ކަމަށެވެ. އަދި ރައީސް ޞާލިހު ނިސްބަތްވާ އެމްޑީޕީ ފިޔަވައި، ޕީޕީއެމްގެ ފަސް މެންބަރުންނާއި ޖޭޕީގެ ފަސް މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުން އަދި އެމްޑީއޭގެ ދެ މެންބަރުން މަޖިލިސް ތަމްސީލު ކުރައްވާ ކަމަށެވެ.

”ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ކޮން ބޭފުޅެއްކަން އަޅުގަނޑުމެންނަށް ސާފު ކުރެވުނީމާ، ޖަވާބު ދިނުމުގެ މަސައްކަތް ކުރާނަން،“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، ޕީޕީއެމާ ގުޅުނުކަން އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ. އަދި އެކަން އެ މެންބަރު ވެސް މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

”މިހާރު ޕީޕީއެމްގައި ހަ މެންބަރުން ތިބޭނެ. މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕީޖީ ލީޑަރު މެންބަރު ސަލީމްކަން ނޭނގުމަކީ އިދިކޮޅުގެ މައްސަލައެއް ނޫން.“ ޝަރީފު ވިދާޅުވި އެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: