ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ސައިކަލު ގަތުމަކީ ރޯދައަށް ކަދުރު ކިލޯއެއް ގަތުން ކަހަލަ ކަމެއް: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ސައިކަލު ގަތުމަކީ ރޯދައަށް ކަދުރު ކިލޯއެއް ގަތުން ކަހަލަ ކަމެއް ކަމަށް  ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއް ލަތީފް ހުށަހެޅުއްވި ”އެއްގަމު ދަތުރުފަތުރުގެ ގާނޫނު“ އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ އަޑު އެހުމަށްފަހު، ރިޔާސަތުން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިހާރު ސައިކަލު ވިޔަފާރި ކުރަމުން އަންނަ އުސޫލަށް ބަލާނަމަ، ކޮންމެ މީހަކަށްވެސް ހަތަރު ވަނާ (ފަންސަވީސް ލާރި) އަށް ސައިކަލެއް ގަންނަން ލިބޭ ކަމަށެވެ.

ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން ސައިކަލު ވިއްކަނީ، ގަންނަ މީހާއަށްވުރެ ބޮޑަށް އެ ވިއްކާ މީހާގެ އަތުން އެކަމަށް ފައިސާ ޚަރަދުކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެގޮތަށް އެކަން ކުރަނީ އެބަޔަކަށްވެސް ކޮންމެސް ތާކުން ފައިދާތަކެއް ވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”މާލޭގައި ސައިކަލެއް ކާރެއް މި ރަޖިސްޓްރީ ކޮށްދެނީ އެ ބާއްވާނެތަނެއް ދެއްކީމަ، ދެން އެ މަގުމަތީގައި އޮންނަންޖެހޭ ސަބަބެއް ނެތް، ގަވައިދުން މިކަން ކުރާނަމަ. އެކަމަކު އެންމެ ހަނި މަގުގެ ދެފަރާތުގައިވެސް ސައިކަލު ބެހެއްޓި ބެހެއްޓީނުން މީހަކަށް ހިނގާލެވެނީއެއް ނޫން، ކުނިކޮޅެއް ކަހާލެވެނީއެއް ނޫން، ރޯދައަށް ކަދުރު ކިލޯއެއް ގަތުމެކޭ ސައިކަލެއް ގަތުމެކޭ އެއްވަރުވެފަ މިއޮތީ“

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މާލޭގައި އެއްގަމު އުޅަނދު ފަހަރުގެ މައްސަލަ އޮތް މިންވަރުގެ ވާހަކަ ނުދެއްކިޔަސް އެ ހާލަތު ކޮންމެ މީހަކަށްވެސް ސާފުވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގައި އެއްތަނުން އަނެއްތަނަށް ދިޔުމަށް އެހާ ބައިވަރު ކާރުތަކެއް ބޭނުންވާ ސަބަބެއް އެމަނިކުފާނުގެ ބުއްދިއަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެއީ ފަހަރުގައި ޕޭވްމަންޓު މަތިން ހިނގަން ފަސޭހަނުވުމުން ދިމާވާ ކަމަކަށް ވެދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަލޭގައި ގިނަ ބަޔަކު ހިނގާބިނގާވެ ނުވަތަ ބައިސްކަލުގައި އުޅެން ފަށައި، އެފަދަ އާދަތަކެއް ހަރުލައިފިނަމަ މާލޭގެ ކާރޫބާރޫ ބޮޑުވުމާއި ޕާކިންގެ މައްސަލަތައް ކޮންމެ ވެސް ވަރަކަށް ފިލައިގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

”ފަހަރުގައި ވެދާނެ ޕޭމަންޓްގައި ހިނގަން ފަސޭހަ ނުވަނީ ކަމަށް ވެސް، އެއީ ދެން ސަބަބެއް ވެސް ނޫން. އަޅުގަނޑު ވެސް ޕޭމަންޓް މަތީގައި ހިނގާފައި އުޅޭ މީހެއް. ދެން މީގެ ކުރީގައި އަޅުގަނޑުމެން އުޅުނީ ފަރު މަތީ ހިނގާފައި. ދެން މިއަދު އެ ޕޭމަންޓް މަތީގައި ގާ ކޮޅެއް ހިއްލިލާފައި އިންނާތީވެ، އެއީ ދެން މާ ބޮޑު ކަމަކަށް ހަދާފައި، އެ ތާ މަތިން ނުހިނގިގެން މި އުޅެނީ.“ ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: