ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ގްރީން ފަންޑަށް 915 މިލިއަން ދިވެހި ރުފިޔާ ލިބިއްޖެ

ރާއްޖޭގެ ރަށެއްގައި ޓުއަރިސްޓުންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރީން ޓެކުހުގެ އާމްދަނީ ޖަމާކުރާ ”ގްރީން ފަންޑަށް“ މިދިޔަ އަހަރު 915 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ، ރިޕޯޓެއްގައިވާ ގޮތުން އެ ފަންޑަށް މިދިޔަ އަހަރު އެކަނި 915 މިލިއަން ރުފިޔާ ލިބުނެވެ.

ރިޕޯޓުގައިވާ ގޮތުން، އޭގެ ތެރެއިން 542 މިލިއަން ރުފިޔާ ފިޔަވައި، ހުރިހާ ފައިސާއެއް ވަނީ ދައުލަތުން ހޭދަކޮށްފައެވެ.

މީގެ އިތުރުން، ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުގައި،  މިދިޔަ އަހަރު އެންމެ ބޮޑު އެއްޗެއް ޖަމާވީ މާރިޗު މަހުއެވެ. އެއީ 86 މިލިއަނަށް ވުރެ ބޮޑު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ގްރީން ފަންޑަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެކަނި ވެސް 69 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

މި ފައިށަ ހޭދަކުރަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: