ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ޗައިނާ މީހަކަށާއި، އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހަކަށެވެ. ހުޅުމާލޭގެ ރެޑްބުލް ދަނޑު ސަރަހައްދުގައި ހިނގި އެ މާރާމާރީއާއި ބެހޭ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ، މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތެއް އެ އިދާރާއަށް ލިބުނީ މިރޭ 08:10 ހާއިރު ކަމަށެވެ.
މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ތިން މީހުންނަށް ވެސް ހަމަލާދީފައިވަނީ ހެލްމެޓު އަޅައިގެން ސައިކަލުގައި ދިޔަ ދެ މީހުން ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ސޯޝަލް މީޑިއާގައި، ހަަމަލާގައި ޒަހަމްވީ އެކަކުގެ ވީޑިއޯއަކާއި ފޮޓޯއެއް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަގޮތުން ހަމަލާ ދީފައިވަނީ އޭނާގެ ކޮނޑު ކަށިގަނޑާއި ދިމާލުންނެވެ. ސައިކަލެއްގައި އޭނާ ހޮސްޕިޓަލަށް ގެންދާތަނުގެ ވީޑިއޯއިން ފެންނަގޮތުން، އޭނާ ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

