ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން 6461 ފަރާތަކަށް މައުލޫމާތު ދީފި

ކޮރޯނާ ވައިރަސްއަށް ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަސް ގެންދާ ޕްރޮގުރާމްގެ ތެރެއިން: ފޮޓޯ ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެލް ކޮރޯނާވައިރަސްއަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގައި ހެލްތް މިނިސްޓްރީން ކުރިއަށް ގެންދާ ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކުގެ ދަށުން މިހާތަނަށް 6461 ބައްޔާއި ގުޅޭ މައުލޫޟާތު ދީފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ. 

ހެލްތް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި  ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގެތެރެއިން 130 ހެލްތް ފެސިޓީއަކުން 6،461 ފަރާތައް މިބައްޔާ ބެހޭ މަޢުލޫމާތު ދީފައިވެއެވެ.  އަތޮޅުތެރޭގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެތެރެއިން ދޮރުން ދޮރަށް (ޑޯ-ޓު-ޑޯ/ ހޯމް ވިސިޓް) ގޮސް އާއްމުންނަށް މަޢުލޫމާތު ދިނުމާއި ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ސަރުކާރުގެ އެކި އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އެހެނިހެން މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ސެޝަންތައް ނަގާދެވިފައިވެއެވެ.

މީގެއިތުރުން އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ޕަބްލިކް ހެލްތް ވާރކަރުން، ޑޮކްޓަރުން، ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުންނަށް ޓެލެކޮންފަރަންސެއް ބާއްވާފައިވެއެވެ. މި ޓެލެކޮންފަރަންސްގައި 306 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

 މިހަރަކާތުގެތެރެއިން ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހާއި ގުޅޭ މަޢުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެއިން ރައްކާތެރިވުމަށް ފަރުދީގޮތުންނާއި މުޖުތަމައު ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި 30 ޖެނުއަރީ އިން 3 ފެބުރުއަރީއަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ހިންގާފައިވެއެވެ. އެގޮތުން ނޮވެލް ކޮރޯނާވައިރަސްއާ ބެހޭ އާންމު މައުލޫމާތު ދިނުމާއި ޕޯރޓް ތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ތަކެތި ރަނގަޅުގޮތުގައި ބޭނުންކުރާ ގޮތް ކިޔާދީފައިވެއެވެ. އަދި އާއްމުން މި ބައްޔައް ހޭލުންތެރިކުރުވުމުގެ ގޮތުން މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގާފައިވެއެވެ. މީގެއިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން މޯލްޑިވްސް ރެޑްކްރެސެންޓާއެކު ހޭލުންތެރިކުރުވުމަށް 5 ބަހަކުން ހޭލުންތެރިކުރުވުމުގެ މައުލޫމާތު ތައްޔާރުކޮށް މައުލޫމާތުދީފައިވެއެވެ.

މީގެއިތުރުން ނޮވެލް ކޮރޯނާވައިރަސްއަށް ތައްޔާރުވުުގެ ގޮތުން އެއަރޕޯޓްގައި ހަރަކާތްތެރިވާ މުއަައްސަސާތަކަށް ފަރިތަ ކުރުމުގެ ޓޭބަލް ޓޮޕް އެކްސަރސައިޒް އެއް ކުރިއަށްގެންދެވިފައިވެއެވެ. މިހަރަކާތުގައި އިންޓަރނޭޝަނަލް ބޯޑަރ ހެލްތް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ، އެމް އެން ޑީ އެފް، އެވްސެކޮމް، ޕޮލިސް، ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތް އަދި އެޗް ޕީ އޭ އިން 75 ފަރާތެއް ބައިވެރިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: