ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މުޒާހަރާއަށް ނިކުމެތިބީ، ޕާޓީގެ އެތެރޭގެ އިންތިހާބަށް ފޮޓޯ ހޯދަން: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު -- ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކުގައި އިދިކޮޅު އެމްޑީޕީން ކުރަމުންދާ މުޒާހަރާތަކަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ފޮޓޯ ހޯދުމުގެ ބޭނުމުގައި ކުރާ އިހުތިޖާޖުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބާއި، ރިފެރެންޑަމް ވޯޓުގެ ނަތީޖާއަށް ފަހު އެމްޑީޕީން ދަނީ 12 ކަމަކަށް ސަރުކާރަށް ޑިމާންޑުކޮށް ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުތައް ކުރިން އޮތް ގޮތަށް އިޔާދަކުރުމާއި، ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތުގެ ކޮމްޕޮޒިޝަން ބަދަލުކޮށް، މިނިވަން މުވައްސަސާތަކަށް ރައީސަކު ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ގޮތަށް ގެނައި އިސްލާހު އުވާލުން އޭގެ ތެރޭގައި ހިމެނެ އެވެ.

އެމްޑީޕީ ކުރަމުންދާ އިިހުތިޖާޖުތަކާއި ގުޅޭގޮތުން ކުރި ޕޯސްޓެއްގައި، ޝުޖާއު ވިދާޅުވި ގޮތުގައި މި މުޒާހަރާތަކަކީ ސަރުކާރުން ވަކި ކަމެއް ގޯސްކޮށް ކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫނެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި އާންމު މެމްބަރުން މަގުމައްޗަށް ދޫކޮށްލުމަށް ފަހު، އެމްޑީޕީގެ އިސް ލީޑަރުން ތިބެނީ ގޭގަ އެވެ. އަދި މިވަގުތު ނުހައްގުން ޖަލުގައި ހުރި އެކަކުވެސް ނެތް ކަމަށާއި، ސިޔާސީ އަނިޔާ ލިބެމުންދާ އެއްވެސް މީހެއް ވެސް ނެތްކަމަށް ޝުޖާއު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތައް ކޮންމެ ރެއަކު ކުރާ މުޒާހަރާ ތަކަކީ ސަރުކާރުން ވަކިކަމެއް ގޯސްކޮށްކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން.ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮހާލުގައި ގޭގަ.ނުހައްޤުން ޖަލުގައި ހުރި އެކަކުވެސް ނެތް.ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތް.ރައީސުލް ޖުމްހޫރިއްޔާ ރަގަޅުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަންކަން ރަގަޅު ކުރައްވައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރެއްވުމަށް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން. މިމުޒާހަރާތަކަކީ ކުރިއަށްއޮތް އެމްޑީޕީ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާ އެޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓޯ ހޯދަން ކުރާ މުޒާހަރާތަކެއް

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ގައުމުގެ ކަންކަން ރަނގަޅު ކުރައްވައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބުރަ މަސައްކަތް ކުރައްވަމުން ކަމަށެވެ.

އެހެންކަމުން އެއްވެސް އަސާސެއް ނެތް ކަންކަމުގައި މާލޭގެ މަގުތަކަށް ނުކުމެ، ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ހިންގާ މިފަދަ އަމަލުތަކަކީ ޒިންމާދާރުކަން ކުޑަ އަމަލުތަކެއްގެ ގޮތުގައި ޝުޖާއު ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: