ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އއ.މާޅޮހުގައި ތަރައްގީކުރާ އައުޓްޑޯ ޖިމްގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

އއ. މާޅޮހުގައި ތަރައްގީ ކުރަމުން އަންނަ އައުޓްޑޯ ޖިމް. --- ފޮޓޯ: އާރުޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ.މާޅޮހުގައި ތަރައްގީކުރާ އައުޓްޑޯ ޖިމްގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މާޅޮހުގައި ގާއިމުކުރާ މި ޖިމްގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކުލަލުމުގެ މަސައްކަތް ކަމަށް އާރްޑީސީން މައުލޫމާތުދެއެވެ. މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ސަރުކާރުގެ ސިޔާސަތަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިފަދަ ޖިމްތައް ގާއިމުކޮށް ނިންމުމެވެ.

މި ސިޔާސަތުގެ ދަށުން މިހާރު ވަނީ ގިނަ ރަށްތަކެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުގެ މަސައްކަތް އެއްކޮށް ނިމި، މިހާރު ވަނީ އާންމުން ބޭނުންކުރުމަށް ރަސްމީކޮށް ހުޅުވާލާފައެވެ.

އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ މަޝްރޫއުތަކުގެ އިތުރުން، އިޖުތިމާއީ ތަރައްގީއާ ގުޅުންހުރި މިފަދަ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މާޅޮހުގެ އައުޓްޑޯ ޖިމް ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ކަސްރަތު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: