ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް ސަރުކާރުގެ ވިސްނުމެއް ނެތް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ގެނައި އިސްލާހަށް ނެގި ފެންނަ ނުފެންނަ ވޯޓުން ސާފު ޖަވާބެއް ލިބިފައިވާކަމަށާއި، ކުރިޔަށް އޮތް ތަނުގައި ގާނޫނުއަސާސީއަށް ކުރިޔަށް އޮތްތަނުގައި އިސްލާހެއް ގެނައުމަށް ގަސްދެއް ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެމަނިކުފާނު ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި މަހުގެ 04 ގައި ބޭއްވި ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ރިފެރެންޑަމް ވޯޓުގައި ސަރުކާރަށް ލިބިފައި ވަނީ ބޮޑު ނާކާމިޔާބީއެކެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އިސްލާހު ގެނައީ، ގާނޫނުއަސާސީއަށް ހުށަހަޅައިގެންކަން ފާހަގަކޮށް ނޫސްވެރިއަކު ވަނީ އިތުރު އެހެން ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން މިހާރު އޮތީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ އެންމެ ފަހުން ބޭއްވި ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ވަރަށް ސާފު މެސެޖެއް ދީފައިވާ ކަމަށެވެ. އެ ނަތީޖާއިން އެނގުނީ ރައީސް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް ބޭނުންވާ ނުވަތަ ތާއީދުކުރާ ކަމެއް ނޫން ކަމެވެ. އެހެންކަމުން، ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ ފަދަ އިސްލާހެއް ކުރިއަށް އޮތް ތަނުގައި ގެނައުމުގެ ވިސްނުން މިހާރު ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ރިފޯމް އެޖެންޑާގެ ދަށުން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތަކުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އެއް އަދަދެއްގައި ހިފަހައްޓައި ކެޕް ކުރުމާއި، މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ވަކި މިންވަރެއްގެ ކޯޓާއެއް ކަނޑައެޅުން ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވީމަ މިބަދަލުތައް ގެނައުމުގެ ކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. އެހެންނަމަވެސް އަޅުގަނޑު ހިތުން ފެނޭ.. ނުފެނޭ ވޯޓުން ވަރަށް ބޮޑު މެސެޖެއް.. ރައްޔިތުން ދެއްވާފައި މި އޮތީ އެއީ ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމަކީ މިހާ ބޮޑަށް ރައްޔިތުން މި ގަބޫލުކުރާ ކަމެއް ނޫނީ މިހާ ބޮޑަށް ފޭވާ ކުރާ ކަމެއް ނޫން ކަމަށް. އެހެންވީމަ ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ ކަހަލަ އިސްލާހެއް ކުރިން އޮތް ތާކަށް ގެންނާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން ދެން.

އިސްލާހުތަކުގެ ތެރެއިން ޝަރުއީ ދާއިރާ ނުވަތަ ޖުޑިޝަރީ ރިފޯމް ކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ޖުޑިޝަރީގެ އެޑްމިނިސްޓްރޭޓިވް ބާރުތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ގެންގޮސްފައި ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްސީގެ ދަށަށް ގެނައުމަކީ ޖުޑިޝަރީގެ މިނިވަންކަމަށް އެޅުނު ހުރަހެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވަނީ މަޖިލީހާއި ޖުޑިޝަރީއަށް ބޭނުންވާ މިފަދަ އިސްލާހީ ބަދަލުތައް ގެނައުމުގައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި ހުރިހާ ބަދަލެއް ވެސް ގެންނާނީ ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކޮށް، ގާނޫނުއަސާސީގެ އަސާސްތަކަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: