ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް އައްޔަން ކުރި 14 ވަޒީރަކަށް ރުހުން ހޯދުމުގެ މައްސަލަ ކޮމެޓީއަށް

ރައީސް ޑރ މުހައްމަދު މުއިއްޒު އަލަށް އެކުލަވާލި ވަޒީރުންނާއިއެކު ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މި މައްސަލަ ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ.

ވަޒީރުންގެ މަޖިލީހަށް މި ބަދަލުތައް ގެންނެވީ މި މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ. މި ބަދަލާއެކު ވަޒީރުންގެ މަޖިލީހުގެ އަދަދު ވަނީ 20 އިން 15 އަށް މަދުކުރައްވާފައެވެ. މި އިޞްލާޙީ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން ކުރިން ތިއްބެވި 10 ވަޒީރަކު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމަށެވެ.

އަލަށް އައްޔަންކުރެއްވި އަދި މަސްއޫލިއްޔަތު ބަދަލުވި ވަޒީރުން

ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހަށް އަލަށް 5 ވަޒީރަކު އައްޔަން ކުރައްވާފައެވެ. އަދި ކުރިންވެސް ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި 9 ވަޒީރަކު، ވުޒާރާތަކުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ ގުޅިގެން ވަނީ އަލުން މަޤާމުގެ ހުވާ ކުރައްވާފައެވެ. ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، މި ވަޒީރުންނަށް ފުރިހަމަ ޤާނޫނީ ބާރުވެރިކަން ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.

ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

  • ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު
  • މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
  • ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން
  • ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް
  • ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
  • ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ
  • އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
  • މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
  • އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
  • ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
  • ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
  • ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
  • ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް
  • މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް

ވަޒީރުންނަށް ރުހުންދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް ނިންމާނީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: