ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ އާ ސެކެޓްރީ ޖެނެރަލްގެ މަގާމަށް މުސާ ފަތުހީ

ޕީއެންސީގެ އާ ސެކެޓްރީ ޖެނެރަލްގެ މަގާމަށް މުސާ ފަތުހީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، މޫސާ ފަތުހީ އާދަމް އައްޔަންކޮށްފިއެވެ.

ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައިވެސް ހުންނެވި މޫސާ ފަތުހީ މި މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން، ޕީއެންސީން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމް މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއާޒު އެ މަގާމަށް އައްޔަންކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މުއާޒު ވިދާޅުވީ، އޭނާ މަގާމުން ދުރަށް ވަޑައިގަތީ ޕާޓީގެ ހިންގުން ހަރުދާނާކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ނެރޭ ޕާޓީއަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ބޭނުންވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުއާޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ހިންގުމުގެ ކަންކަމަށް ފުރިހަމައަށް ވަގުތު ދެއްވޭނެ ބޭފުޅަކު އެ މަގާމުގައި ހުންނެވުމަކީ ޕާޓީގެ ކުރިމަގަށް ލާޒިމު ކަމެކެވެ. އެހެންކަމުން، އިދާރީ ހިންގުމުގެ އިސް ޒިންމާތަކުން އޭނާ އެކަހެރިވީ ޕާޓީގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމުގެ މަގްސަދުގައެވެ.

އާ ސެކެޓްރީ ޖެނެރަލް މޫސާ ފަތުހީ އަކީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، އަދި ސިޔާސީ މައިދާނުގެ އެކި ފަންތިތަކުގައި މަސައްކަތް ކުރެއްވުމުގެ މުއްސަނދި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލު ބޭފުޅެކެވެ. ޕީއެންސީން އުންމީދު ކުރަނީ އާ ސެކެޓްރީ ޖެނެރަލާއެކު ޕާޓީގެ އިދާރީ ހިންގުން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: