ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑިޝަލް ކައުންސިލް އަލުން އުފައްދައި، އުއްތަމަ ފަނޑިޔާރާއި ޑީޖޭއޭ އެ ކައުންސިލަށް ޖަވާބުދާރީވާގޮތަށް ބަދަލުކުރަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، ކުރިން އޮތް ”ޖުޑިޝަލް ކައުންސިލް“ އަލުން އުފައްދައި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ އެ ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ހެދުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ސިލްސިލާކޮށް އެމަނިކުފާނު ކުރިޔަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް، ނުވަތަ ޖުޑިޝަރީ ދާއިރާއާއި ގުޅުވައި ގެންނަން ނިންމާފައިވާ ބަދަލުތަކާއި ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ.

ރައީސް ވިދާޅުވީ ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބާރުގެ ދަށުގައި ޑީޖޭއޭ އޮތް އޮތުން ބަދަލުކޮށް، ކޯޓުތަކާ ބެހޭ ގާނޫނުގައި ކުރިން އޮތް ގޮތަށް ޖުޑިޝަރީގެ ކަންތައްތައް ތަރުތީބުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އުވާލާފައިވާ ޖުޑިޝަލް ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި، ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭހެން ފަންނީ މަޝްވަރާތައް ކުރުމަށް އެކުލަވާލެވިފައި އޮތް ކައުންސިލަށް އެމަނިކުފާނު އިޝާރާތް ކުރެއްވި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ޖުޑިޝަލް ކައުންސިލް އަލުން ރީއިންސްޓޭޓް ކުރެވޭނެ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، އަދި އޭގެ އިތުރަށް އުއްތަމަ ފަނޑިޔާރާ، ޖުޑިޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ޑީޖޭއޭ ބަދަލުވެގެންދިޔުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް ނިޒާމުގެ ތެރެއިން ދަށު ކޯޓުތަކުގެ އިދާރީ ހިންގުން އެޑްމިނިސްޓްރޭޓަރުންގެ ބާރުގެ ދަށަށް ގޮސްފައި އޮތުމަކީ ޖުޑިޝަރީގެ މަސައްކަތްތަކަށް އަސަރުކުރާ ކަމެކެވެ. އެމަނިކުފާނު ވިދާޅުވީ އެޑްމިނިސްޓްރޭޓަރަކީ ހަމައެކަނި އިދާރީ ކަންކަން ބަލަހައްޓާ ފަރާތެއްކަމަށާއި، ކޯޓުތަކުގެ އިސްވެރިއަކަށް ވާންޖެހޭނީ އެ ތަނެއްގެ އިސް ފަނޑިޔާރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: