ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް 38،855 ޓިޓީ އަށް ބޭރުފައިސާ ފޯރުކޮށްދީފައިވާއިވޭ: ބީއެމްއެލް

: މުހައްމަދު ޝަރީފްބީއެމްއެލްގެ ސީއީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ކުއްލިއަކަށް ހުއްޓާލައިފިކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ. ބޭންކުން ބުނާ ގޮތުގައި، ވިޔަފާރިތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ދަނީ ކުރިއަށެވެ.

ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ކުރިންވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ދަނީ ވިއްކަމުންނެވެ.

މިގޮތުން މި ހިނގާ އޭޕްރީލް މަހުގެ ތެރޭގައިވެސް ޓީޓީ އަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށްވެސް އެކަސްޓަމަރަކަށް ދެވޭނެ އެންމެ ބޮޑު ޢަދަދަކަށް ޑޮލަރު ވިއްކާފައިވާނެ ކަމަށް ބޭންކުން ބުނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 38،855 ޓީޓީ އަށް ބޭރުފައިސާ ފޯރުކޮށްދީފައިވެއެވެ. އޭޕްރީލް މަހު އެކަނިވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް އެހީތެރިކަން ދީފައިވާއިރު، އިއްޔެ އެކަނިވެސް 327 ޓީޓީ އަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މުދާ އެތެރެކުރުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.

ބޭރު ފައިސާގެ ލިކުއިޑިޓީ ބެލެހެއްޓުން

މެދު އިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު، ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ޢަދަދު އިތުރުވެފައިވީ ނަމަވެސް، ބޭންކުން ދަނީ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓަމުންނެވެ.

މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި އެކަނިވެސް 106.2 މިލިއަން ޑޮލަރު ޓީޓީ ހެދުމަށް ވިއްކާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖާ އަޅާބަލާއިރު 142 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ބޭންކުން ފާހަގަކުރާ ގޮތުގައި، ކާބޯތަކެއްޗާއި ބޭސްފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަކީ ބޭންކުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެހެންކަމުން، ބޭރުން ލިބޭ ފައިސާއަށްވުރެ ބޭރަށް ފޮނުވާ ފައިސާ އިތުރުވި ނަމަވެސް، އިގްތިސާދީ ހަމަޖެހުމަށްޓަކައި ބޭންކުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.

ބޭންކުގެ މުޢާމަލާތްތަކާ ގުޅޭގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ކަސްޓަމަރުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ ކަމެއްގެ ގޮތުގައި ބީއެމްއެލް އިން ސިފަކުރެއެވެ. ބޭންކުން ބުނާ ގޮތުގައި، ފައިސާގެ މުޢާމަލާތްތަކުގެ ޞައްޙަ މަޢުލޫމާތު އެނގޭނީ ހަމައެކަނި ބޭންކަށެވެ. އެހެންކަމުން، ޒިންމާދާރުކަމެއް ނެތި މިފަދަ ދޮގު ޚަބަރުތައް ފެތުރުމަކީ ބޭންކުގެ އިތުބާރު ކުޑަކުރުމަށް ކުރާ ހިތާމަވެރި ކަމެކެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑޮލަރު ދޫކުރާ މިންވަރު ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ. އެހެންކަމުން، ރަސްމީ މަސްދަރުތަކުން ލިބޭ މަޢުލޫމާތަށް އިތުބާރުކުރުމަކީ މުޅި މުޖުތަމަޢުގެ މަސްލަހަތަށްޓަކައި މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: