ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރައްޔިތުންނާއި ވިޔަފާރިތަކަށް މެދުނުކެނޑި ތެޔޮ ލިބޭނެ: ސަރުކާރު

ފިނޭސް މިނިސްޓަރ މޫސާ ޒަމީރު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ބައިނަލްއަޤްވާމީ ގޮތުން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ ލިބުމަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.

މިކަމާ ގުޅޭގޮތުން މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވަނީ ދިވެހި ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތެޔޮ އުފައްދާ ކާރުޚާނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދެއެވެ. މިއީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖެ ފަދަ ތެލަށް ބަރޯސާވާ ޤައުމުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މިފަދަ ޙާލަތްތަކުގައި ތެލުގެ އަގަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ ހުސްނުވެ ލިބޭނެ އިންތިޒާމް ސަރުކާރުން ވަނީ ކުރިއާލާ ރާވާފައެވެ.

ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މި މަހުގެ ތެރޭގައި ތެލުގެ މުހިންމު ޝިޕްމަންޓްތަކެއް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އާންމު ދަތުރުފަތުރަށް ބޭނުންވާ ޕެޓްރޯލާއި، ކަރަންޓު އުފެއްދުމަށާއި މަސްވެރިކަމަށް ބޭނުންވާ ޑީސަލްގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ނުހަނު ބޭނުންތެރި ޖެޓް ފިއުލް ހިމެނެއެވެ. މި ތަކެތި ރާއްޖެ ގެނެސް ރައްކާކުރެވުމުން، ބައިނަލްއަޤްވާމީ ބާޒާރަށް އަންނަ ލޮޅުންތަކުން ރާއްޖޭގެ އެތެރޭގެ ބާޒާރަށް ކުރާ އަސަރު ކުޑަކުރެވޭނެއެވެ.

މެދުނުކެނޑި ތެޔޮ ލިބުމަކީ ޤައުމުގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވިޔަފާރިތަކަށް ބޭނުންވާ ހަކަތަ މެދުނުކެނޑި ލިބުމަކީ ތަކެތީގެ އަގު އުފުލުނު ނުދީ ހިފެހެއްޓުމަށާއި، އާންމު ޚިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ލިބޭ ބޮޑު ބާރެކެވެ. ސަރުކާރުގެ މި ނިންމުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ސިނާޢަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ތަސައްލީއެކެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށާއި ސަޕްލައިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން އިސްނަގައިގެން މި ފަދަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުވެ، އިޤްތިޞާދީ ހަމަޖެހުން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: