ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ސްކޫކް ދެއްކީ ދައުލަތުގެ ރިޒާވްގައިހުރި ފައިސާއިން: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު:----ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން ސްކޫކް ދެއްކީ ދައުލަތުގެ ރިޒާވްގައިހުރި ފައިސާއިންކަމަށް ހުޅުމާޅެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ، ސުކޫކް ދެއްކުމަށްޓަކައި ރިޒާވްގައި ހުންނަ ފައިސާ ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ ރިޒާވްގައި ހުންނަ ފައިސާއަކީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ހާއްސަ ކުރެވިފައިވާ ފައިސާ ކަމަށްވާއިރު، އެ ފައިސާ ސުކޫކް ދައްކަން ބޭނުންކުރުމުގެ އިހުތިޔާރު މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް ލިބިގެން ނުވާކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރެއްވި އެވެ.

މީގެއިތުރުން، އެއްވެސް އިދާރާއަކުން ލޯނު ނުނަގައި ސުކޫކް ދެއްކިކަމަށް ބުނެ ސަރުކާރުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ކަންވީގޮތަކީ އެއްވެސް މާލީ އިދާރާއަކުން ފައިސާ ނުލިބުނީކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި 2026 ވަނަ އަހަރު ސުކޫކް ދައްކަންޖެހޭކަން އެންމެންނަށް ވެސް އެނގޭއިރު، އެކަން ކުރަންޖެހޭނީ އިގްތިސާދީ އިސްލާހީ އެޖެންޑާއެއްގެ ތެރެއިންކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާދީފައިވާނެކަން ޝަމްހީދު ފާހަގަކުރެއްވިއެވެ.

”ތެލާއި، ކާޑުގެ ބާވަތްތަކާއި އަދި ބޭސް ގަތުމަށް ކަނޑައަޅާފައިވާ ފައިސާ، ލޯނު ދެއްކުމަށް ދުލެއް ނުކުރެވޭނެ،“ ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދައުލަތް ހިންގާފައިވަނީ އިގްތިސާދީ އުސޫލުތަކަށް ބެލުމެއްނެތި، މަޖިލީހުން ފާސްކުރި ގާނޫނުތައް ވެސް ސަސްޕެންޑްކޮށްގެން ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ބޭރުގެ އެއްވެސް ގައުމަކުން ނުވަތަ އިދާރާއަކުން ރާއްޖެއަށް ފައިސާ ލިބޭނެ މަގު ބަންދުވީކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ރިޒާވްގެ ތަފާސްހިސާބުތަކާ ގުޅޭގޮތުންޝަމްހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ރިޒާވްގައި އޮތީ އެންމެ 2 މިލިއަން ޑޮލަރު ކަމަށް ބައެއް މެންބަރުން ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ޝަމްހީދު ވިދާޅުވީ، 2023 ވަނަ އަހަރު ނިމުނުއިރު ގްރޮސް ރިޒާވްގައި 588 މިލިއަން ޑޮލަރު ހުރި ކަމަށެވެ. ނަމަވެސް، 2024 ވަނަ އަހަރު ނިމުނުއިރު އެ ޢަދަދު 583 މިލިއަން ޑޮލަރަށް ތިރިވެފައިވާކަން ފާހަގަކުރައްވައި، ފާއިތުވި ދެ އަހަރު ތެރޭގައި ރިޒާވް އިތުރުކުރަން ސަރުކާރަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށް ވިދާޅުވެ ޝަމްހީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: