ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ގޮސިޕް“ ފެތުރުމަކީ ނޫސްވެރިކަމެއް ނޫން، އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރި ވާހަކައަކީ ދޮގެއް: ރައީސް

އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުލްޣަނީ އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދު ބައްދަލުކުރެއްވިކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން، ރައީސް މުއިއްޒު އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރެއްވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި އެވެ. ރައީސް އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރެއްވިކަމަށް ބުނެ، އެ ވާހަކަތައް ދެކެވުނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑިއާއި މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ތާވަލް ކުރެވިފައި ވަނިކޮށާއި، ސިޔާސީ ޕާޓީ ބަދަލު ކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރެވިފައި ވަނިކޮށެވެ.

އެކަމާއި ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ، އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އަޅުގަނޑަށް ނޭނގި ކިހިނެއް އަޅުގަނޑު ބައްދަލުކުރާނީ؟ އަޅުގަނޑަށް އެނގިފައެއް ނެތް އަޅުގަނޑާ ބައްދަލުކުރި ކަމަށް. ގައިމުވެސް އަޅުގަނޑާ ބައްދަލުކުރާކަށް އުއްތަމަ ފަނޑިޔާރު ވަޑައެއްނުގަންނަވާ… ނޫސްވެރިން ހަމަ ތަނަކުން އިވޭ ވާހަކައެއް، މީ ގޮސިޕް ފެތުރުމެއް ނޫން ނޫސްވެރިކަމަކީ. ނޫސްވެރިކަމެއް ނޫން، ގޮސިޕް ފަތުރަނީ. ގޮސިޕް އަކީ ނޫސްވެރިކަން ކަމަށް ބަލައިފިއްޔާ، ނޫސްވެރިކަމެއް ކުރިއަކަށް ނުދާނެ ނޫންތޯ؟

މީގެ އިތުރުން، ބައެއް ނޫސްތަކުގައި ލިޔާ ކޮންމެ ވާހަކައަކީ ތެދު ވާހަކައެއް ނޫންކަން ފާހަގަކުރައްވައި، ނޫސްވެރިކަމުގެ މިންގަނޑުތަކާ މެދު ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ ”ގޮސިޕް“ ނުވަތަ އެފަދަ ހަގީގަތެއް ނެތް ވާހަކަ ފެތުރުން ނޫންކަމަށާއި، އެފަދަ ކަންކަމަށް ނޫސްވެރިކަމޭ ކިޔައިފިނަމަ ދާއިރާ ކުރިއަށް ނުދާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: