ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރައްކާތެރި ބަލިތައް ފެތުރެނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން: ހުތުބާ

ދުނިގޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދުގެ ދުނިޔޭހައި ބޮޑެތި ނުރައްކާތެރި ބަލިތައް ފެތުރެނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުންނާއި، ހިންގާފައިވާ ބައެއް ކަންތަކުގެ ސަބަބުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ވަނީ، ނުރައްކާތެރި ބަލިތައް ފަހަކަށް އައިސް އިތުރުވަމުން އަންނަކަން ފާހަގަކޮށްފައެވެ. އެކި ބައްރުތައް ކަޑައްތުކޮށް ހަލުވި މިނުގައި ނުބައި ވަބާއެއް ފެތުރެމުން ދާ ވާހަކަ ކޮންމެ ދުވަހަކުހެން އަޑުއިވޭކަމަށް ހުތުބާގައި ވެއެވެ. އެއީ ފިޠުރީ ގޮތުން ހާލިގުވަންތަ މާތްﷲ ކަނޑައަޅުއްވާފައިވާ ނިޒާމުން އެއްކިބާވެ، ހައްދުފަހަނައަޅައި ދިއުމުގެ ނަތީޖާކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެފަދަ ހާލަތަކަށް އިންސާނުން ހިނގައްޖެނަމަ، ކުރީގެ އުންމަތްތަކުގެ މީހުންގެ ތެރެއަށް ފާޅުނުކުރައްވާ ބަލިމަޑުކަމާއި ވަބާތައް އޭގެތެރޭގައި ފާޅުކުރައްވާނޭކަމުގެ އިންޒާރު ރަސޫލާ ދެއްވާފައިވާކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ވާބަތަކާއި، މުސީބާތްތަކަކީ އެކި ސަބަބުތަކަށްޓަކައި މެދުވެރިވާ ކަންތަކުގެ ގޮތުގައި ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ބައެއް ފަހަރު މިފަދަ ކަންކަން އުގޫބާތެއްގެ ގޮތުގައި މެދުވެރިވާއިރު، އަނެއްބައިފަހަރު އިމްތިހާނެއްގެ ގޮތުގައި ވެސް މެދުވެރިވާކަމަށެވެ. އަދި އެއީ ކެތްތެރި މުއުމިން އަޅުތަކުންގެ ނަފްސުތައް ތާހިރުވެ، އެއުރެންގެ ދަރަޖަ އުފުލިގެން ދިއުމަށްޓަކައި ކަމަށެވެ.

ކޮންމެ ބަޔަކަށްވެސް ފަރުވާއެއް ވާކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެއީ ކިތަންމެ ނުރައްކާތެރި ބަލިއެއްކަމުގައި ވީ ނަމަވެސް އެ ބަލިތަކުން ރައްކާތެރިވެ ަފަރުވާއެއް ހޯދުމަށް މަސައްކަތް ކުރުމަކީ މުޖްތަމައުގެ މައްޗަށް އޮތް ވާޖިބެއްގެ ގޮތުގައި ހުތުބާގައި ބުންޏެވެ. އޭގެ އިތުރުން އެކަން ފުރިހަމަ މާނައިގައި، ﷲ އަށް ވަކީލު ކުރުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. ހުތުބާގައި ބުނެފައިވަނީ ކިތަންމެ ނުރައްކާތެރި ނަމަވެސް ބަލިމަޑުކަމެއް މެދުވެރިވުމަކީ މާޔޫސްވެ ﷲގެ ރަހުމަތުން އުންމީދު ކަނޑާލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ހުތުބާގައި ވަނީ، މި ނުރައްކާތެރި ވަބާ ފެތުރެމުންދާއިރު ދޮގު ހަބަތުތައް ފެތުރުމުން ދުރުހެލިވުމަށް ގޮވާލާފައެވެ. އަދި ހަބަރު ފަތުރާއިރު ރަނގަޅު މައުލޫމާތު އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ. އަދި އެކި ގޮތްގޮތުން އަޑުއިވޭ ވާހަކަތައް އެއީ ހަގީގަތެއްކަމަށް ހީކޮށް ގެނެސްދިނުމުގެ ބަދަލުގައި އޭގެ ތެދު ދޮގު ކަށަވަރު ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

އާއްމު ސިއްހަތާއި ބެހޭ އެންމެ ބޮޑު އަސާސަކީ ސާފުތާހިރުކަމަށް ވާއިރު، އެއީ އިޖުތިމާއީ އެހެން އަގުތައް ފަދަ އަގެއްކަމަށެވެ. އެއީ ރިވެތި ސުލޫކުގެ ވެރި ރިވެރި އަދަބެއްގެ ގޮތުގައި ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ހުތުބާގައި، ބުނެފައިވަނީ ހެޔޮ ސިއްހަތަކީ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ. އެއީ އެފަދަ ސިއްހަތެއްގައި ވާ މީހާގެ ބޮލުގައި ވާ ރަންތާޖުގެ ގޮތުގައި ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: